ކުޅިވަރު މިރޭގެ މެޗުގައި އަނިޔާގެ ސަބަބުން ނޭމާއަށް ނުކުޅެވޭނެ

މިރޭގެ މެޗުގައި އަނިޔާގެ ސަބަބުން ނޭމާއަށް ނުކުޅެވޭނެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ އާރްބީ ލީޕްޒިގް އާއި ދެކޮޅަށް ޕީއެސްޖީ މިރޭ ކުޅޭ މެޗުގައި, ނޭމާއަށް އަނިޔާގެ މައްސަލަ ކުރިމަތިވެފައި ވާތީ އޭނާ އަށް ނުކުޅެވޭނެ ކަމަށް އޭނާގެ ކުލަބު ޕީއެސްޖީން ބުނެފިއެވެ.

މިކަމާ ގުޅިގެން ޕީއެސްޖީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނޭމާއަށް އަނިޔާވެފައިވަނީ ބްރެޒިލް އެންމެ ފަހުން ވޯލްޑްކަޕް ކޮލިފައިންގައި އުރުގުއޭ އާއި ދެކޮޅަށް ކުޅުނު މެޗުގައި ކަމަށާއި އެ މެޗުގައި އަނިޔާވެފައިވަނީ ނެމާގެ ކަނާތު އުކުޅުވަޅަށް ކަމަށެވެ.

ނަމަވެސް އެއީ އެހާ ސީރިއަސް އަނިޔާއެއް ނޫން ކަމަށް އެ ބަޔާނުގައި ވެއެވެ. ނޭމާއަށް އެނބުރި ކުޅުމަށް އާދެވޭނީ މި މަހުގެ 24 ވަނަ ދުވަހުގެ ފަހުން ކަމަށް އެ ކުލަބުގެ ބަޔާނުގައި ބުނެފައިވެއެވެ.

ނޭމާއަށް އަނިޔާގެ މައްސަ ކުރިމަތިވެފައިވާއިރު މިރޭގެ މެޗުގައި އަނިޔާގެ ސަބަބުން ޑިފެންޓަރު ސާޖިއޯ ރާމޯސް އާއި މިޑްފިލްޑަރު ލިއެންޑްރޯ ޕަރަޑޭސް އަށްވެސް ނުކުޅޭނެއެވެ. މީގެ އިތުރުން ފޯވާޑް މައުރީ އިކާޑީއަށް ވެސް މިރޭގެ މެޗުގައި ނުކުޅެވޭނެ ކަމަށް ވަނީ ބެލެވިފައެވެ.

މި ސީޒަނުގައި މާ އެދެވޭ ކުޅުމެއް ނޭމާގެ ފަރާތުން ފެނިގެން ނުދެއެވެ. އެގޮތުން މިހާތަނަށް ޕީއެސްޖީ މި ފަހަރުގެ ސީޒަނުގައި ކުޅުނު ފަސް މެޗުގައި އޭނާއަށް ޖެހިފައިވަނީ އެންމެ ގޯލެކެވެ.

އާރްބީ ލީޕްޒިގް އާއި ޕީއެސްޖީ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން ދަންވަރު 00:00 ގަ އެވެ

ޓެގް

ޕީއެސްޖީ ނޭމާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.