އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލުގެ އެންމެ ކުރީގައި އޮތް ޗެލްސީ އާއި އެންމެ ފުލުގައި އޮތް ނޯވިޗް ސިޓީއާއި ބައްދަލުކުރި މެޗުގައި ޗެލްސީގެ މުޙިއްމު ފޯވާޑުންނާ ނުލައި ތަފާތު ބޮޑު މޮޅެއް ހޯދައިފިއެވެ.
ޗެލްސީގެ ދަނޑުގައި މިއަދުހަވީރު ކުޅެވުނު މި މެޗު އެ ޓީމު ކާމިޔާބުކޮށްފައިވަނީ 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މިއަދުގެ މި މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީންއިން ވަނީ ތިން ލަނޑު ޖަހާފައެވެ. ޗެލްސިއަށް މި ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ މެޗުގެ 8 ވަނަ މިނެޓުގައި މޭސަން މައުންޓް އާއި 18 ވަނަ މިނެޓުގައި ހަޑްސަން އޮޑޯއި އާއި އަދި ފުރަތަމަ ހާފުގެ ފަހުވަގުތު ކޮޅު ޖޭމްސް އެވެ.
މެޗުގެ ދެވަނަ ހާފުގައި ޗެލްސީއިން 4 ލަނޑު ޖަހާފައިވާއިރު މިލަނޑުތައް ޖަހާފައިވަނީ 57 ވަނަ މިނެޓުގައި ޗިލްވެލް އާއި 85 މިނިޓް ގައި މޭސަން މައުންޓްއެވެ. މިހާފުގައި ޗެލްސީ އިން ޖެހި 2 ވަނަ ލަނޑު އަދި މެޗުގެ 5 ވަނަ ލަނޑަކީ މެޗުގެ 62 ވަނަ މިނެޓުގައި ނޯވިޗްގެ މެކްސް އާރޮންސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިމެޗުގެ ފަހު ލަނޑު މެޗުގެ އިތުރުވަގުތު ޖަހާ މި މެޗުގައި މޭސަން މައުންޓް ވަނީ ހެޓްރިކު ހަދާފައެވެ.
އެންމެފަހުން ޗެމްޕިއަންސް ލީގުގައި މަލްމޯއާއި ދެކޮޅަށް ޗެލްސީއިން ކުޅުނު މެޗުގައި އެޓީމުގެ އެއްނަމްބަރު ފޯވާޑުންކަމަށްވާ ރޮމެލޫ ލުކާކޫ އާއި ޓިމޯ ވާނާއަށް ލިބުނު އަނިޔާ އާއި ގުޅިގެން މިރޭގެ މެޗުގައި މި ދެކުޅުންތެރިން ނުލައި ކުޅެ ޗެލްސީއިން މި ހޯދި ތަފާތު ބޮޑު ކާމިޔާބާއި އެކު ޗެލްސީވަނީ ޕޮއިންޓް ތާވަލުގެ އެންމެ ކުރީގައި 4 ޕޮއިންޓްގެ ލީޑެއް ނަގާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...