ލައިފްސްޓައިލް ހަމުގައި ހުންނަ ލައްތަކާއި، ކަޅުތަންތަން ފިލުވާލުމަށް ވަރަށް ފަސޭހަ ގޮތްތަކެއް

ހަމުގައި ހުންނަ ލައްތަކާއި، ކަޅުތަންތަން ފިލުވާލުމަށް ވަރަށް ފަސޭހަ ގޮތްތަކެއް

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

ސާފު އަދި އަލިގަދަ ހަންގަނޑަކީ ކޮންމެ މީހެއްގެ ވެސް ހުވަފެނެކެވެ. މިކަމުގައި ފިރިހެނުންނާއި އަންހެނުން ތަފާތެއް ނެތެވެ. ކުރަކި ވެފައިވާ ނުވަތަ ރާޅުކޮށް ހުންނަ ހަންގަނޑަށް އެއްވެސް މީހަކު ލޯތްބެއް ނުކުރެއެވެ. ހަންގަނޑަށް އެންމެ ބޮޑަށް ނުރައްކާވަނީ ހޫނުގަދަ ވުމާއި އެކު ހިރަފުހުގެ ބާވަތްތަކުގެ އަސަރުކުރުމުންނެވެ.  ގައިގެ އެކި ތަންތާންގައި ގަޔާދެކުލަ ތަންތަން ހުރުމާއި، އަނިދިކޮށް ނުވަތަ ކަޅުލައްތައް ހުރުމުގެ ޝަކުވާއަކީ ގިނަބަޔަކު އަބަދުވެސް ކުރަމުން އަންނަ އަދި ހައްލެއް ހޯދުން އުނދަގޫ ޝަކުވާއެކެވެ. އެކަންކަން ހައްލުކުރަން ބޭނުންނަމަ ހަންގަނޑަށް ރަނގަޅަށް ފަރުވާތެރިވެ، ސާފުތާހިރުކަން މަތީ ދެމިހުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

އެހެންކަމުން އަނދިރި ސްޕޮޓްތައް ނުވަތަ ޑާކް ސްޕޮޓްސް އިން ސަލާމަތްވުމަށް އަދި ހަންގަނޑު އޮމާންކޮށް ދާއިމީގޮތެއްގައި ބެހެއްޓުމަށް ބޭނުންވާ ހިނދު އެކަމުގެ ބައެއް ފަރުވާތައް ދެނެގަތުމަށް މިލިޔުން އިތުރަށް ކިޔާލާށެވެ.

  • ގިނައިން ފެން ބުއިން

ގިނައިން ފެން ބުއިމަކީ ހަންގަނޑުގެ އޮމާންކަމާއި، ރީތިކަން އިތުރު ކޮށްދޭ ކަމެކެވެ. ހުރިހާ ވިހަތަކެއް ނައްތާލައި ހަށިގަނޑު ސާފުކުރުމުގައި ފެން އެހީތެރިވެދެއެވެ. ދުވާލަކު 8 އާއި 10 ތަށި ފެން ބުއިމަކީ ސާފު، އޮމާން އަދި އަލިގަދަ ހަންގަނޑެއް އުފެއްދުމަށް އެންމެ ރަނގަޅު އަދި އެންމެ ގުދުރަތީ ގޮތް ކަމުގައި ވާނެއެވެ.

ފެނަކީ ހަށިގަނޑުން ބޭރުވާ ހުރިހާ ވިހަ ތަކާއި ކުނިބުނި ބޭރުކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. ނަމަވެސް ކާބޮނޭޓް އަދި ހަކުރު އެކުލެވޭ ބުއިންތަކުން ދުރުހެލިވާން މަސައްކަތް ކުރާށެވެ. ކެއުމުގައި ފެނުގެ ކޮންޓެންޓް ގިނަ މޭވާ އާއި ތަރުކާރީ ހިމަނާށެވެ. މީގެ އިތުރުން މޫނުގެ ހަންގަނޑުގެ ސިފަ ރަނގަޅު ކުރުމަށްޓަކައި ދުވާލަކު މަދުވެގެން 2 ފަހަރު މޫނު ދޮވެލާށެވެ.

  • ލެމަން ޖޫސް އަދި ޔޯގަޓް ފޭސް މާސްކް

ލެމަންސް އަކީ ވަރަށް ގިނަ ފައިދާތަކެއް ލިބޭ އެއްޗެއްކަން އަހަރެމެން އެންމެންނަށް ވެސް އެނގެ އެވެ. ހަންގަނޑުގައި ހުންނަ އަނދިރި ތަންތަން ނައްތާލުމަށް ލެމަންސް ނުވަތަ ލުނބޯ ބޭނުންކުރެވިދާނެ އެވެ. ލުބޯލުގައި ހުންނަ ވިޓަމިން ސީ އާއި ސިޓްރިކް އެސިޑް ގެ ސަބަބުން މިއީ ފުރިހަމަ ބްލީޗިން އޭޖެންޓަކަށް ހަދައިދީ، އަނދިރި ސްޕޮޓްތައް ފިލުވުމަށް ލުނބޯ އެހީތެރިވެދެއެވެ. މިއީ އެންމެ އިތުބާރު ކުރެވޭ އަދި އެންމެ ދުވަސްވީ ބެސްޓް ޕްރެކްޓިސް އެވެ.

ލެމަން ގެ ބްލީޗިން ޕްރޮޕަޓީ އާއި ޔޯގަޓް ގެ ސާފުކުރުމުގެ ޕްރޮޕަޓީ އަކީ އަނދިރި ސްޕޮޓްތައް ލުއިކޮށް މޫނުމައްޗަށް އަލި ގެނެސްދިނުމަށް ވަރަށް ރަނގަޅު ކޮމްބިނޭޝަނެކެވެ. ހަކުރުގައި އެކްސްފޯލިއޭޓިން ޕްރޮޕަޓީސް ހުންނަ އިރު މިއީ މޫނުގައި މަރުވެފައި ހުންނަ ހަންގަނޑު އާރޯކޮށްދިނުމަށް ސްކްރަބްއެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ އެއްޗެކެވެ. މި ގޮތަށް އެ ކޮމްބިނޭޝަން ބޭނުންކުރާނަމަ މޫނުރީތިވާނެއެވެ.

  • ބަޓަރ މިލްކް

ބަޓަރމިލްކް އަކީ ލެކްޓިކް އެސިޑް އިން މުއްސަނދިވެފައިވާ އެއްޗެކެވެ. މިކަމުގެ ސަބަބުން މޫނުގައި މަރުވެފައި ހުންނަ ހަންގަނޑު ފިލުވާލަ ދިނުމަށް އެހީތެރިވެދެއެވެ. އަދި އަނދިރި ސްޕޮޓްތައް ފިލުވައިދެއެވެ. މޫނުގައި ބަޓަރމިލްކް ހޭކުމަށްފަހު 20 މިނެޓު ވަންދެން ބަހައްޓާށެވެ. ދެން ސާފު ފެނުން މޫނު ދޮވެލާ، އޭގެ ނަތީޖާ ބަލާށެވެ. ރީތިވާނެއެވެ. ތަފާތުވާނެއެވެ.

  • އެލޯވެރާ

އެލޯވެރާ އަކީ ގިނަ ފައިދާތަކެއް ކުރާ އަދި ހަންގަނޑުގެ ކޮލިޓީ ރަނގަޅު ކުރުމަށް އެންމެ ރަނގަޅު އަދި ގުދުރަތީ ހަމުގެ ކާނާ އެކެވެ. އޭގައި ހަށިގަނޑުގައި އެކުލެވޭ އެމިނޯ އެސިޑްގެ 90% ގައި ވިޓަމިން އޭ، ބީ، ސީ، އަދި އީ ވެސް އެކުލެވިގެން ވެއެވެ.

އެލޯވެރާ ޕްލާންޓަކީ އެންޓި އޭޖިން އަދި ހަންގަނޑަށް ބޭނުންވާ ބައެއް މާއްދާތައް އުފައްދާ ޕްރޮޕަޓީސް ހުންނަ ޕްލާންޓެކެވެ. ހަމުގައި ހުންނަ އަނދިރި ތަންތަން ފިލުވައިލުމަށް އެހީތެރިވެދީ ހަންގަނޑުގައި ހުންނަ ، ހަމާ ދެކުލަ ބައިތައް ވެސް ކުޑަކޮށްދެ އެވެ. މިއީ ވޭން ރިލީފްގެ ގޮތުގައި ބޭނުންކުރާ އަދި އެންޓިސެޕްޓިކް ޕްރޮޕަޓީސް ވެސް ހުންނަ ބޭހެކެވެ. މިއީ ވެސް ވަރަށް މޮޅު މޮއިސްޗަރައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރާ އެއްޗަކަށް ވާތީ މީތި ބޭނުންކޮށްގެން ހަންގަނޑު އޮމާންކޮށް ލެވިދާނެ އެވެ.

  • ޓޮމާޓޯ

ޓޮމާޓޯ އަކީ ވަރަށް ރަނގަޅު ސްކިން ޓޯނަރ އެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެކެވެ. މޫނުމައްޗަށް ގުދުރަތީ ވިދުމެއް ގެނެސްދެއެވެ. ޓޮމާޓޯ އަކީ ހަމައެކަނި ހަންގަނޑަށް ރަނގަޅު އެއްޗެއް ނޫނެވެ. އޭގެއިތުރުންވެސް އަޖައިބުވާ ފަދަ ކަންކަން ޓޮމާޓޯ ގައި އެކުލެވިފައިވެއެވެ. މުޅި މޫނުގައި ޓޮމާޓޯ ޕޭސްޓް އަޅާ، 10 ވަރަކަށް މިނެޓު ވަންދެން ބަހައްޓާށެވެ. އޭގެ ފަހުގައި ފިނި ފެނުން ދޮވެލާށެވެ. މިކަމުގެ ސަބަބުން ހަންގަނޑު އޮމާންވެ، އުޖާލާވެގެން ދެއެވެ.

  • ފަޅޯ

ފަޅޮލުގައި އެންޒައިމްތަކާއި މިނަރަލް އެލެމެންޓްތައް އެކުލެވިގެންވާއިރު، މިއީ އަނދިރި ސްޕޮޓްތައް ނައްތާލުމުގައި އެހީތެރިވެދޭ ގުދުރަތީ މާއްދާތައް އެކުލެވޭ މާއްދާތަކެކެވެ. ސާފުކޮށް މޫނު ދޮވެލުމަށްފަހު ފަޅޯ ޕޭސްޓް އުނގުޅާށެވެ. އަދި ހިކިކޮށް ބަހައްޓާށެވެ. 20 މިނެޓު ފަހުން ސާފު ފެނުން ދޮވެލާށެވެ. ހަފްތާއެއް ވަންދެން ކޮންމެ ދުވަހަކު ވެސް މި ގޮތް ތަކުރާރު ކޮށްލެވިދާނެއެވެ. މިއީ މޫނުމައްޗަށް އުޖާލާކަމެއް ގެނައުމަށް އެހީތެރިވެދޭނެ މުހިންމު ކަމެކެވެ.

  • ހަނީ

ހަންގަނޑުގައި ސާފު ހަނީ އުނގުޅުމަކީ އަނދިރި ސްޕޮޓްތަކުން ސަލާމަތްވުމަށް އެންމެ ރަނގަޅު އެއް ގޮތް ކަމަށާއި އޭގެ ސަބަބުން ހަންގަނޑު އޮމާންކޮށްދީ ހަންގަނޑުގެ ކޮލިޓީ ވެސް ރަނގަޅުކޮށްދޭނެއެވެ. ހަނީ އަކީ ދުޅަހެޔޮ ސިއްހަތެއްގައި ހަންގަނޑު ބެހެއްޓުމަށް އެހީތެރިވެދޭ އަދި ހައިޑްރޭޓް ކުރާ ޕްރޮޕަޓީސް ވެސް ހުންނަ އެއްޗެކެވެ.

އަނދިރި ސްޕޮޓްތަކުން ސަލާމަތްވެ، އޮމާން، މަޑު، އަދި ރޭޑިއަންޓް ހަންގަނޑެއް ހޯދުމަށް މި ފަރުވާތަކަށް ސަމާލުވާށެވެ.

ޓެގް

މޫނުގެހަންގަނޑު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.