އިންޑިއާ އިންޓަނޭޝަނަލް ޓްރޭޑް ފެއާ (އައިއައިޓީއެފް) ގައި ޔޫއޭއީ ބައިވެރިއެއްގެ ގޮތުގައި ތަމްސިލް ކުރާނެކަމަށް އިންޑިއާގެ މިނިސްޓްރީ އޮފް ކޮމާސް އެންޑް އިންޑަސްޓްރީން މިއަދު އިއުލާން ކޮށްފިއެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް ކޮމާސް އެންޑް އިންޑަސްޓްރީން މިއަދު ބުނީ އިންޑިއާ އިންޓަނޭޝަނަލް ޓްރޭޑް ފެއާ (އައިއައިޓީއެފް) ގައި ޔޫއޭއީ އަކީ މުހިންމު ބައިވެރިއަކަށް ވާނެ ކަމަށެވެ.
“ދެކުނު އޭޝިއާ ސަރަހައްދުގައި އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އެއް ވިޔަފާރި އިވެންޓް” ގެ ގޮތުގައި ސިފަކުރަމުން އަންނަ މި ފެއާ އޮންނާނީ މިމަހުގެ 14 އިން 27 އަށް އިންޑިއާގެ ވެރިރަށް ނިއު ދިއްލީގަ އެވެ.
މި އިވެންޓްގައި ބައިވެރިވާނެކަމަށް ކަށަވަރުވެފައިވާ ވިޔަފާރީގެ އެހެން ބައިވެރިންނަކީ ބަހްރެއިން، ޗައިނާ، އަފްޣާނިސްތާން، ބަންގްލަދޭޝް، ގާނާ، ކިރިގިސްތާން، ޓިއުނީޝިއާ، ތުރުކީ އަދި ސްރީލަންކާއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ބޭރުގެ އިތުރު ބައިވެރިން އިއުލާނު ކުރުމުގެ ފުރުސަތު ބޮޑު ކަމަށް ވެއެވެ.
އަންނަ މަހު ޓްރޭޑް ފެއާ ބާއްވަން ނިންމުމަކީ ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތުގައި ވިޔަފާރީގެ ގޮތުން ފާހަގަކޮށްލެވޭ ލަނޑުދަނޑިއެކެވެ. އައިއައިޓީއެފް މިދިޔަ އަހަރު ނުބޭއްވުނީ މި ބަލިމަޑުކަމުގެ ސަބަބުންނެވެ. މިފަހަރުގެ ފެއަރ މިބާއްވަނީ އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހުގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...