ޚަބަރު މެދުމިނުގެ އިސްލާމްދީން ކުރިއެރުވުމަށް އިންޑޮނޭޝިއާ، ޔޫއޭއީ ގުޅިގެން މަސައްކަތް ކުރެވިދާނެ: ޖޮކޯ ވިޑޯޑޯ

މެދުމިނުގެ އިސްލާމްދީން ކުރިއެރުވުމަށް އިންޑޮނޭޝިއާ، ޔޫއޭއީ ގުޅިގެން މަސައްކަތް ކުރެވިދާނެ: ޖޮކޯ ވިޑޯޑޯ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މެދުމިނުގެ އިސްލާމްދީން ކުރިއެރުވުމަށް އިންޑޮނޭޝިއާ އާއި، ޔޫއޭއީ ގުޅިގެން މަސައްކަތް ކުރެވިދާނެކަމުގައި އިންޑޮނޭޝިޔާގެ ރައީސް ޖޮކޯ ވިޑޯޑޯ ވިދާޅުވެއްޖެއެވެ.

އެމެރޭޓްސް ނިއުސް އެޖެންސީ އަށް ދެއްވި އިންޓަވިއުއެއްގައި އިންޑޮނޭޝިއާގެ ރައީސް ވިދާޅުވި ގޮތުގައި ދުނިޔޭގެ އެންމެ އާބާދީ ބޮޑު މުސްލިމް ގައުމު ކަމަށްވާ އިންޑޮނޭޝިއާ އާއި ޔޫއޭއީ އަކީ މެދުމިނުގެ އިސްލާމް ދީނުގެ އެއްގޮތް އުސޫލުތައް ހިއްސާކުރާ އަދި ޓޮލަރެންސް ކުރިއެރުވުމަށާއި ދީނީ ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށް ގުޅިގެން މަސައްކަތް ކުރެވިދާނެ ދެ ގައުމުކަމަށެވެ.

“އަޅުގަނޑު ދެކޭ ގޮތުގައި މިއީ ވަރަށް ބޮޑު ޕޮޓެންޝަލްއެއް. އަޅުގަނޑަށް ފެންނަ ފެނުމުގައި، ޔޫ.އޭ.އީ.ގައި ދީނީ މޮޑަރޭޝަން، ޑައިވަރސިޓީ، ވަރަށް ބޮޑަށް އިޙްތިރާމް ކުރެވޭ. އަދި އެއީ ޓޮލަރެންސް ފަތުރާ މެދުމިނުގެ އިސްލާމް ދީނުގެ ތަސައްވުރާއި ކެރެކްޓާތަކުގައި ދެ ގައުމުން ވެސް ގާތްކަން ހިއްސާކުރާތީ އިތުރަށް އޮޅުން ފިލުވަން ބޭނުންވާ ދާއިރާ،” އަބޫދާބީގައި ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޖޮކޯ ވިޑޯޑޯ ވިދާޅުވި އެވެ.

“ދީނީ ޙަޔާތުގައި އަޅުގަނޑަށް ފެންނަ ފެނުމުގައި، ޔޫ.އޭ.އީ.އަކީ ޞުލްޙައާއި ތަރައްޤީއަށް ޓަކައި އެ ޤައުމުން ކުރާ މަސައްކަތަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ މި މެދުމިނުގެ އުޞޫލުތައް ކުރިއެރުވުމުގެ ޤާބިލުކަން ލިބިފައިވާ ޤައުމެއް.” ޖޮކޯ ވިޑޯޑޯ

ޔޫއޭއީއަށް ކުރެއްވި ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވި ވިޑޯޑޯ ވިދާޅުވީ، މިކަމުގައި ދެގައުމުގެ އެއްބާރުލުން ދަނީ ރަނގަޅު މިސްރާބަކަށް ކަމަށެވެ.

“އަޅުގަނޑުމެން މިކަމުގައި ދެކޭ ގޮތް ބަދަލުކޮށް ތަޖުރިބާ ބަދަލުކޮށް، ވަރަށް ގިނަ އިމާމުން ޔޫއޭއީއަށް ފޮނުވިން. އަޅުގަނޑުމެން އުންމީދު ކުރަނީ ދީނީ މެދުމިނުގެ ވިސްނުމާއި ޓޮލަރެންސްގެ ކޮންސެޕްޓް ޕްރޮމޯޓްކޮށް، ހަރުކަށި ފިކުރާއި ހަރުކަށި ފިކުރުގެ ނުރައްކަލާ މެދު މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ދެ ގައުމަށް ވެސް މަސައްކަތް ކުރެވިދާނެ ކަމަށް،” ޖޮކޯ ވިޑޯޑޯ ވިދާޅުވި އެވެ.

“ޔޫއޭއީއާއެކު އޮތް ގުޅުމަކީ ހަމައެކަނި ރަހުމަތްތެރިން ނެކޭ އެއްފަދައިން އޮތް ގުޅުމެއް ނޫން؛ އަޅުގަނޑުމެންނަކީ އަޚުންތަކެއް ފަދަ ބައެއް. އަބޫދާބީގެ ވަލީ އަހުދު އަދި ޔޫ.އޭ.އީ ސިފައިންގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންއަކީ، ތަޞައްރުފު ފުދިފައިވާ، އަދި ޢަމަލީ ގޮތުން ޙަރަކާތްތެރިވެވަޑައިގެން ހުންނެވި ބޭފުޅެއް؛ އަދި އެމަނިކުފާނާއެކު އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެ ކަމުގެ އިޙްސާސް ކުރެއްވޭ ކަމަށާއި، މިކަމުން ދޭހަކޮށްދެނީ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ކަމުގައި އިންޑޮނޭޝިޔާގެ ރައީސް ޖޮކޯ ވިޑޯޑޯ ވިދާޅުވެފައިވެއެވެ.

ދެޤައުމުގެ އިޤްތިޞާދީ ގުޅުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން، ޔޫ.އޭ.އީއާއެކު އޮންނަ އިޤްތިޞާދީ އަދި އިންވެސްޓްމަންޓް ގެ ގުޅުމަކީ، އިންޑޮނީޝިޔާ ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމުގައި ވިދާޅުވިއެވެ.

އިންޑޮނޭޝިއާ އަކީ ޔޫއޭއީއިން އަހަރަކު އެކްސްޕޯޓް ކުރާ މިންވަރު 10 ޕަސެންޓަށް އިތުރުކުރަން ބޭނުންވާ ދިހަ ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ކޮމްޕްރިހެންސިވް އިކޮނޮމިކް ޕާޓްނަރޝިޕް އެގްރީމަންޓް (ސީ.އީ.ޕީ.އޭ) އާ ބެހޭ މަޝްވަރާތައް ދެ ޤައުމުން ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ޓެގް

ޖޮކޯވިޑޯޑޯ އިންޑޮނޭޝިޔާ ޔޫއޭއީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.