ސްކޫލުގެ އަންހެން ދަރިވަރުންނަށް ޚާއްސަކޮށްގެން ޖަމްޢިއްޔަތުއް ސަލަފުގެ ފަރާތުން ބާއްވަން އުޅޭ ޚާއްޞަ ވޯރކްޝޮޕަކަށް ޝަހިންދާ އިސްމާޢީލް ފާޑު ކިޔައިފިއެވެ.
ރޭގެ ވަގުތެއްގައި ޝަހިންދާ ކުރި ޓްވީޓުގައިވަނީ، ސަލަފުގެ ފަރާތުން ބާއްވަން އުޅޭ ވޯރކްޝޮޕުގައި އެޑިއުކޭޝަން މިނިސްޓްރީގެ ދައުރަކީ ކޮބައިތޯ އާއި އަދި އެ ވޯރކްޝޮޕް އޮބްޒާރވު ކުރުމުގެ ފުރުޞަތު ބެލެނިވެރިންނަށް އޮންނާނެތޯއެވެ.
އަބަދުވެސް ދީނީ ކަންކަމަމާއި ދެކޮޅު އަދި ދީނީ ކަންކަމަށް ފާޑު ކިޔަމުން އަންނަ ޝަހިންދާ މިފަދައިން ސުވާލުތަކެއް އުފައްދާފައިވަނީ ޖަމްޢިއްޔަތުއް ސަލަފުގެ ފަރާތުން އެ ވޯރކްޝޮޕް ހިންގުމަށް އިޢުލާންކޮށް ކޮށްފައިވާ ޕޯސްޓްވެސް ޓްވީޓުގައި ހިމަނައިގެންނެވެ.
ޝަހިންދާ ކުރި ޓްވީޓަށް އާއްމު ރައްޔިތުންދަނީ ހޫނު ރައްދުތަކެއް ދެމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...