“މިނިވަންކަމުގެ ދިފާއުގައި – ދިވެހިން”ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ބާއްވާ އެއްވުން ފަށައިފިއެވެ.
ޕީޕީއެމް – ޕީއެންސީގެ ފަރާތުން އިންތިޒާމު ކުރި މި އެއްވުން ފަށާފައި ވަނީ ޕީޕީއެމް އޮފީސް ކުރިމަތިންނެވެ.
މި އެއްވުމުގައި ގިނަ ޢަދަދެއްގެ އާންމުން ބައިވެރިވަމުންދާއިރު އެއްވުމުގައި އިސްކޮށް ހަރަކާތްތެރި ވަނީ މާލެ ސިޓީ މޭޔަރ ޑރ. މުހައްމަދު މުއިއްޒު އާއި ނައިފަރި ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި، މާލެ ސިޓީ ކައުންސިލްގެ މެންބަރު އިބްރާހިމް ޝުޖާރު ފަދަ ޕާޓީގެ އިސް ބޭފުޅުންކަމަށް ފޮޓޯތަކުން ފެނެއެވެ.
މީގެ ކުރިންވެސް ޕީޕީއެމް-ޕީއެންސީގެ ފަރާތުންވަނީ މިފަދަ އެއްވުމެއް މާލޭގައި ބާއްވާފައެވެ. އެފަހަރުގެ ހިނގާލުމަށްވެސް ގިނަބައެއްގެ ސަޕޯރޓްވަނީ ލިބިފައެވެ.
ނާރެސްއަށް މަޢުލޫމާތު ލިބޭ ގޮތުގައި މިއެއްވުމަކީވެސް އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް އަޑުއުފުލުގެ ގޮތުން ބާއްވާ ހިނގާލުމެކެވެ.
އިންޑިއާގެ އާ ސަފީރަށް އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއިމެދު ރާއްޖޭގެ ރައްޔިތުން ދެކޮޅު ހަދާކަން ދައްކާ އަޑު އިއްވަންޖެހޭ ކަމަށް އިދިކޮޅު ފަރާތްތަކުންދަނީ ބުނަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...