ދިއްލީގެ ވައި ނުސާފުވެ ސްކޫލްތަކާއި، ކޮލެޖްތައް ބަންދުކުރަން ނިންމާފައިވާއިރު، އާދީއްތަ ދުވަހުގެ ހެނދުނު ކުޑަ ކުރިއެރުމެއް ލިބިފައިވާ ކަމަށާއި، ކުރިއަށް ދެދުވަހުގެ ތެރޭގައި ވައިސާފުވެ ކުރިއެރުންތަކެއް ލިބޭނެކަމަށް އިންޑިއާގެ މިނިސްޓްރީ އޮފް އާރތް ސައިންސަސްގެ ވައިގެ ކޮލިޓީ ފޯކާސްޓް ކުރާ އޭޖެންސީ ސާފަރއިން ބުނެފިއެވެ.
ހޮނިހިރު ދުވަހު ވެރިރަށް ދިއްލީގައި އޭކިއުއައި އޮތީ ‘ސިވިއަރ’ ކެޓަގަރީގައެވެ. ކުރިއަށް އޮތް ދެ ދުވަހު ވައިގެ ކޮލިޓީ ރަނގަޅުވުމުގެ ފުރުސަތު ބޮޑެވެ. މޫސުން ކުރިއަށް ލަފާކޮށް އެ އިދާރާއިން ބުނެފައިވެއެވެ.
ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދް ކެޖްރިވާލް ވަނީ ހޯމަ ދުވަހުން ފެށިގެން ހަފްތާއެއްގެ މުއްދަތަށް ދިއްލީގެ ސްކޫލްތައް ބަންދުކުރާނެކަން އިޢުލާނުކުރައްވާފައެވެ.
މިއީ ވައި ނުސާފުވުމުގެ ސަބަބުން ކުޑަކުދިންނަށް ދިމާވެ ނުރައްކަލުން ސަލާމަތް ކޮށްދިނުމަށް ނިންމި ނިންމުމެއް ކަމަށް ސެކްރެޓޭރިއެޓްގެ އިސް އޮފިޝަލުންނާއެކު ބޭއްވި ކުއްލި ބައްދަލުވުމަކަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކެޖްރިވާލް ވިދާޅުވިއެވެ.
ސީއެމް ކެޖްރިވާލް ވިދާޅުވީ ސަރުކާރުގެ އޮފިޝަލުން ގޭގައި ތިބެގެން ހަފްތާއެއް ވަންދެން މަސައްކަތް ކުރާނެ ކަމަށާއި، އަމިއްލަ އޮފީސްތަކުންވެސް ހަމަ އެ ޕްރޮޓޮކޯލަށް އަމަލުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
ސެންޓްރަލް ޕޮލިއުޝަން ކޮންޓްރޯލް ބޯޑް (ސީޕީސީބީ) އިން ވެސް ވަނީ ދިއްލީގައި ހުންނަ ސަރުކާރާއި އަމިއްލަ އޮފީސްތަކުން ވެހިކަލް ބޭނުންކުރާ މިންވަރު މަދުވެގެން 30 ޕަސެންޓަށް ދަށްކުރުމަށް ލަފާދީފަ އެވެ.
އެ ސިޓީގެ ރައްޔިތުންނަށް އަންގާފައި ވަނީ އެ ސިޓީގެ އައުޓްޑޯ ހަރަކާތްތައް ލިމިޓްކޮށް، އެ ސިޓީގެ ވައިގެ ތެރެއަށް އެ މީހުން ހުށަހެޅޭ މިންވަރު ކުޑަކުރުމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...