ދުބާއީ: 2025 ވަނަ އަހަރު ބާއްވާ 27 ވަނަ އައިކޮމް ޖެނެރަލް ކޮންފަރެންސް ބިޑް ޔޫއޭއިން ކާމިޔާބުކޮށްފިއެވެ.
ދުނިޔޭގެ އެންމެ ބޮޑު ދާރުލްއާސާރު ކޮންފަރެންސް، ހޯސްޓް ކުރާ ޤައުމަކަށް ޔޫއޭއި ހޮވިފައިވާއިރު މިއީ އަރަބި ބައްރުގައި މިކޮންފަރެންސް ބާއްވާ ފުރަތަމަ ފަހަރެވެ.
ޔޫއޭއީގެ ނައިބު ރައީސް އަދި ބޮޑުވަޒީރު އަދި ދުބާއީގެ ރޫލަރ ހިޒް ހައިނަސް ޝެއިޚް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމް ހޮނިހިރު ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދުބާއީ ގައި ބާއްވާ 27 ވަނަ އައިކޮމް ޖެނެރަލް ކޮންފަރެންސް ހޯސްޓް ކުރުމަށް ދުބާއީ ހޮވިފައިވާ ކަމަށެވެ.
އައިކޮމް އަކީ 1948 ވަނަ އަހަރުން ފެށިގެން ކޮންމެ ތިން އަހަރަކުން އެއް އަހަރު ބާއްވާ އެ ޖަމިއްޔާގެ ފްލެގްޝިޕް ކޮންފަރެންސް ބާއްވާ އިންޓަނޭޝަނަލް ކައުންސިލް އޮފް މިއުޒިއަމްސް އެވެ.
ހޮނިހިރު ދުވަހު ޝައިޚް މުޙައްމަދު އޭނާގެ ޓްވިޓަރ އެކައުންޓްގައި ވިދާޅުވެފައިވަނީ 2025 ވަނަ އަހަރު ދުބާއީގައި ބާއްވާ އައިކޮމް ކޮންފަރެންސަކީ 20،000 ބައިނަލްއަޤްވާމީ ދާރުލްއާސާރު ކަވަރުކުރާ 119 ޤައުމު އެއްތަނަކަށް ޖަމާކޮށް ޔޫއޭއީގެ ޘަޤާފީ ދާއިރާއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކޮންފަރެންސެއް ކަމަށެވެ.
މި ތަރައްޤީއަކީ ޢަރަބި ސަރަޙައްދުގައި މި ކޮންފަރެންސް ބާއްވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. އައިކޮމް އިން ވަނީ 2025 ވަނަ އަހަރު މި ކޮންފަރެންސް ބޭއްވުމަށް ޔޫއޭއީ ހަމަޖެހިގެން ދިޔަކަމަށްޓަކައި މަރުހަބާ ކިޔާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...