ޚަބަރު ހޫތީން ބުނަނީ ޑްރޯން ހަމަލާތައް ސައުދީގެ ގިނަ ސިޓީތަކަކަށް އަދިވެސް ދޭނެކަމަށް

ހޫތީން ބުނަނީ ޑްރޯން ހަމަލާތައް ސައުދީގެ ގިނަ ސިޓީތަކަކަށް އަދިވެސް ދޭނެކަމަށް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ހޮނިހިރު ދުވަހު ސައުދީގެ ބައެއް ސިޓީތަކަށް 14 ޑްރޯން ފޮނުވާލާފައިވާ ކަމަށާއި އޭގެ ތެރޭގައި ޖިއްދާގައި ހުންނަ ސައުދީ އަރަމްކޯ ފެސިލިޓީޒް ވެސް ހިމެނޭ ކަމަށް ސައުދީ ގެ ރަސްމީ ނޫސް އޭޖެންސީން ރިޕޯޓް ކޮށްފައި ވާއިރު، ސައުދީ ކޯލިޝަނުން އެ ޖަމާއަތާ ދެކޮޅަށް ޔަމަނުގައި ހިންގި އަސްކަރީ އޮޕަރޭޝަނެއްގައި ޔަމަނުގެ 13 އަމާޒަކަށް ހަމަލާދީފައިވާ ކަމަށް ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ވަނީ ރިޕޯޓްކޮށްފައެވެ.

ހޮނިހިރު ދުވަހު ޓީވީ މެދުވެރިކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޫތީ އަސްކަރިއްޔާގެ ތަރުޖަމާނު ޔަހްޔާ ސާރީ ވިދާޅުވީ އެ ޖަމާއަތުން ޖިއްދާގައި ހުންނަ އަރަމްކޯގެ ރިފައިނަރީތަކުގެ އިތުރުން ރިޔާދު، ޖިއްދާ، އަބްހާ، ޖިޒާން އަދި ނަޖްރާންގައި ހުންނަ އަސްކަރީ އަމާޒުތަކަށް ހަމަލާދީފައިވާ ކަމަށެވެ.

ސާރީ ވިދާޅުވީ މި ހަމަލާތަކަކީ ސައުދީ އަރަބިއްޔާ އިސްވެ އޮވެ އުފައްދާފައިވާ އަރަބި ކޯލިޝަނުން “ޖަރީމާތައް” އިތުރުވެ، ޔަމަނުގެ ޖަރީމާތަކާއި ހިސާރުކުރުން ތައް ކުރިއަށް ގެންދިއުމާ ގުޅިގެން ދިން ހަމަލާތަކެއް ކަމަށެވެ.

ނަމަވެސް ސާރީގެ ބަޔާނުގައި ފުށުއެރުންތަކެއް ހުރި ކަމަށް ރިޕޯޓްކޮށްފައި ވެއެވެ. އެގޮތުން ޖިއްދާގައި ހުންނަ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް ނުބައި ނަމެއް ދިނުމާއި، އަދި ކިންގް ޚާލިދު ބޭސް އަށްވެސް ނުބައި ނަމެއް ދީފައިވާ ކަމަށް ބުނެއެވެ.

ޑްރޯން ހަމަލާގެ ތުހުމަތުތަކާ ގުޅިގެން ސައުދީ ކޯލިޝަނުން އަދި ވަކި އެއްޗެއް ބުނެފައި ނުވާއިރު، ސައުދީ ޕްރެސް އޭޖެންސީ (އެސްޕީއޭ) އިން ބުނީ ހޮނިހިރު ދުވަހު ޔަމަނުގައި އެ ކޯލިޝަނުން ހިންގި އޮޕަރޭޝަންގެ ސަބަބުން ވެރިރަށް ސަނާގެ އިތުރުން ސާދާ އަދި މަރިބް ޕްރޮވިންސްގައި ހުރި ހަތިޔާރު ގުދަންތަކާއި ވައިގެ ދިފާއީ ނިޒާމުތަކާއި ޑްރޯންގެ މުވާސަލާތީ ނިޒާމުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

އީރާނުން ވާގިވެރިވާ ހޫތީ ޖަމާއަތުން ސައުދީގެ ބިންތަކަށް ރޮކެޓް އަދި ޑްރޯން ހަމަލާތައް ގަވާއިދުން ދެމުންދާކަން އިޢްލާން ކުރަމުން ގެންދާ އިރު، އެ ޖަމާއަތުން ބުނެފައިވަނީ، މިއީ ޔަމަނަށް ކޯލިޝަނުން ދިން ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށެވެ.

ޓެގް

ހޫތީން ސައޫދީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.