ޚަބަރު ޔޫއޭއީގެ 50 ވަނަ ގައުމީ ދުވަސް ފާހަގަ ކުރުމުގެ ތެރެއިން އާ ފައިސާ ފޮއްޗެއް ނެރެފި

ޔޫއޭއީގެ 50 ވަނަ ގައުމީ ދުވަސް ފާހަގަ ކުރުމުގެ ތެރެއިން އާ ފައިސާ ފޮއްޗެއް ނެރެފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޔޫއޭއީގެ ސެންޓްރަލް ބޭންކުން ވަނީ އެގައުމުގެ 50 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި އެގައުމުގެ މިނިސްޓްރީ އޮފް ޕްރެޒިޑެންޝަލް އެފެއާޒްގެ ނަން ހިމަނައިގެން ހަނދާނީ ރިހި ފައިސާފޮއްޗެއް ނެރެފަ އެވެ.

ރިހި ފައިސާފޮތި ނެރެފައިވަނީ ޔޫއޭއީގެ މަރުކަޒީ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން، ބޮޑުވަޒީރުގެ ނައިބު އަދި މިނިސްޓަރ އޮފް ޕްރެޒިޑެންޝަލް އެފެއާޒް ޝައިޚް މަންޞޫރު ބިން ޒައިދު އަލް ނަޙްޔާންގެ އިރުޝާދުގެ ދަށުންނެވެ.

ރިހި އާ ފައިސާ ފޮތީގެ ބައެއް ތަޢާރަފް:

  • މި ކޮއިންގެ އަގަކީ DH500 އެވެ.
  • އަލަށް ހެދި ކޮއިންގެ ބަރުދަނަކީ 250 ގްރާމް ހުއްޓެވެ.
  • ފައިސާ ފޮތީގެ މޫނުމަތީގައި ވަށައިގެން 1971 – 2021 ވަނަ އަހަރު ވަށައިގެން ވާ ޤަޞްރު އަލް ވަތަންގެ ތަސްވީރެއް ދައްކުވައިދެއެވެ.
  • ނޫޓުގެ ކުރީސަފުގައި ޢަރަބި ބަހާއި އިނގިރޭސި ބަހުން މިނިސްޓްރީ އޮފް ޕްރެޒިޑެންޝަލް އެފެއާޒްގެ ނަމާއި ދައުލަތުގެ ރަމްޒު ވެސް ހިމެނެއެވެ.
  • ރިވާސް ސައިޑްގައި ޔޫއޭއީގެ 50 ވަނަ އަހަރުގެ ލޯގޯ އާއި ޑީއެޗް  DH500 ގެ ނަމުގެ އަގު ހިމަނާފައި ވަނީ އަރަބި ބަހުންނާއި އިނގިރޭސި ބަހުން ޔޫއޭއީގެ ސެންޓްރަލް ބޭންކުގެ ނަމުން ވަށައިގެން ވާ DH500 ގެ ނަމުންނެވެ.
  • މި ކޮއިން ނެރެފައިވަނީ ރަން ޔޫބީލް ފާހަގަކުރުމުގެ ތެރެއިންނެވެ.

ޓެގް

ޔޫއޭއީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.