ޚަބަރު ދެ މެޖިސްޓްރޭޓުންގެ މައްސަލަ ސާބިތުނުވާކަމަށް ޖޭއެސްސީން ނިންމައިފި

ދެ މެޖިސްޓްރޭޓުންގެ މައްސަލަ ސާބިތުނުވާކަމަށް ޖޭއެސްސީން ނިންމައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން ބެލިބެލުމުން ދެ މެޖިސްޓްރޭޓުންގެ މައްސަލަ ސާބިތުނުވާކަމަށް ޖޭއެސްސީން ނިންމައިފިއެވެ.
ސާބިތު ނުވާކަމަށް ނިންމީ ފ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ޢަބްދުއްލަޠީފް ޙަމީދާއި، ފ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ޢަބްދުލް ޢަޒީޒް މޫސާގެ މައްސަލަ އެވެ.

ޖޭއެސްސީން ބުނެފައިވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ ދަށުން ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއާ ގުޅިގެން 2019 ނޮވެމްބަރު 26 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަޙްޤީޤް ކުރުމަށް ނޯޓިސްދީފައިވާ ފ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ޢަބްދުއްލަޠީފް ޙަމީދުގެ ސުލޫކީ މައްސަލަ، ތަޙްޤީޤްކުރެވި އެމައްސަލަ ސާބިތުނުވާކަމަށް ނިންމާފައިވާކަމަށެވެ.

މީގެ އިތުރުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ ދަށުން ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއާ ގުޅިގެން 2019 ނޮވެންބަރު 26 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަޙްޤީޤް ކުރުމަށް ނޯޓިސްދީފައިވާ ފ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ޢަބްދުލް ޢަޒީޒް މޫސާގެ ސުލޫކީ މައްސަލަ، ތަޙްޤީޤްކުރެވި އެމައްސަލަ ސާބިތުނުވާކަމަށް ވެސް ކޮމިޝަނުން ނިންމާފައިވާކަމަށެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަނުން އެކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ބެލައި، އެކަންކަމާއިމެދު ދަނީ ފިޔަވަޅު އަޅަމުންނެވެ.

ޓެގް

މެޖިސްޓްރޭޓް ޖޭއެސްސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.