ޚަބަރު ވުޟޫ ކުރާއިރު ހެދުން މަތިން އަތަށް ފެންލިއަސް ރަގަޅު ވާނެތޯ؟

ވުޟޫ ކުރާއިރު ހެދުން މަތިން އަތަށް ފެންލިއަސް ރަގަޅު ވާނެތޯ؟

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސުވާލު:

ވަޒީފާގަ އުޅޭތީވެ، އޮފީހުގަ ނަމާދުކުރުމަށް ވުޟޫ ކުރާއިރު ހެދުމުގެ އަތް މައްޗަށް ނުނެގޭތީވެ ހެދުން މަތިން އަތަށް ފެންލިއަސް ރަގަޅު ވާނެތޯ؟

ޖަވާބު:
ވުޟޫކުރުމުގައި ދެއަތަކީ ދޮންނަ ގުނަވަނެކެވެ. ވުޟޫގައި ލުއިފަސޭހަކަން ލިބިފައި ވަނީ ފުހޭ ގުނަވަންތަކަށެވެ. އެހެނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަވެސް ޢަމަލުކުރައްވާފައި ވަނީ އެފަދައިންނެވެ.

އެކަމުގެ ދަލީލަކީ މުޣީރާ ބިން ޝުޢުބާ ރަޟިޔަﷲ ޢަންހުގެ ޙަދީޘެވެ. والنبي صلى الله عليه وسلم لما توضأ مرة في غزوة تبوك َذَهَبَ يَغْسِلُ ذِرَاعَيْهِ فَضَاقَ عَلَيْهِ كُمُّ الْجُبَّةِ فَأَخْرَجَهُمَا مِنْ تَحْتِ جُبَّتِهِ فَغَسَلَهُمَا ثُمَّ مَسَحَ عَلَى خُفَّيْهِ. والحديث في الصحيحين.

[ مسلم 274e وبخاري 4421]

މާނައީ: ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތަބޫކު ހަނގުރާމައިގެ ދުވަހުގައި ވުޟޫކުރެއްވުމަށްޓަކައި ދެއަތްޕުޅު ދޮންނަވަން އުޅުއްވަނިކޮށް ޖުއްބާގެ އަތް ބާރުވުމުގެ ސަބަބުން(ޖުއްބާގެ އަތް މައްޗަށް ނުނެންގެވިގެން) ދެއަތްޕުޅު ނުދޮވެވިގެން، ޖުއްބާގެ ދަށުން ދެއަތްޕުޅު ނެރުއްވާފައި ދެއަތްޕުޅު ދޮންނެވިއެވެ. އޭގެފަހުގައި އެކަލޭގެ ފާނުގެ ދެޚުއްފުގައި ފެން ފުއްސެވިއެވެ.

ޖަވާބު ދެއްވީ:
✍الشيخ محمد شافع

ޓެގް

ވުޟޫ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.