ސުވާލު:
ނަމާދުކޮށް ނިމިގެން ޒިކުރުތަސްބީހަ ކިޔާފަ ކިޔާ ދުއާ ކިޔާނީ އަތް މައްޗައް ނުނަގާތޯ؟
ޖަވާބު:
ޛިކްރުތަސްބީޙަ ކިޔުމަށް ފަހު ކިޔުމަށް އޮންނަ ޚާއްސަ ދުޢާއެއް ވާރިދުފެފައެއް ނުވެއެވެ. ނަމަވެސް އެމީހަކު ބޭނުން ދުޢާއެއް ކުރެވިދާނެއެވެ.
ފަރުޟު އަދި ސުންނަތް ނަމާދުތަކުގެ ފަހުގައި ދެއަތް އުފުލައި ދުޢާކުރުން ދަންނައެވެ. ޢިލްމުވެރިންގެ ފަތުވާތަކަށް ބަލާއިރު ރަސޫލުﷲ ﷺއަރިހުން އެކަލޭގެފާނު ފަރުޟު ނަމާދުތަކުގެ ފަހުގައި ދެއަތް އުފުލައި ދުޢާކުރެއްވިކަމަށް ޞައްޙަ ދަލީލެއް އައިސްފައި ނެތްކަމުން، އެކަން އެގޮތަށް ކުރުން ރަނގަޅު ނޫން ކަމަށް ފަތުވާދެއްވާފައިވެއެވެ.
ދުޢާކުރާއިރު ދެއަތް އުފުލުން ވާރިދުވެފައި ނުވާ ބައެއް ޙާލަތްތައް:
1- ފަރުޟު ފަސްނަމާދުގެ ތެރޭގައި އަދި ފަހުގައި ދުޢާކުރާ ނަމަ އެ ޙާލަތުގައި ދެއަތް އުފުލުން
2- ބަންގިއަށް ފަހު ބަންގި ދުޢާ ކިޔާ ހިނދު ދެއަތް އުފުލުން
3- ވުޟޫ ދުޢާ ކިޔާ ހިނދު ދެއަތް އުފުލުން
4- ހެނދުނާ ހަވީރުގެ ދުޢާތައް ކިޔާއިރު ދެއަތް އުފުލުން
✍️الشيخ محمد شافع
ކޮމެންޓް (0)
ލޯޑް ކުރަމުން...