ޚަބަރު ވާޖިބު އަދާކުރަނިކޮށް ނިޔާވާ ފުލުހުންގެ އާއިލާތަކަށް ބޭސްފަރުވާ ކަށަވަރުކޮށްދޭގޮތަށް ގަވާއިދު އިސްލާހުކޮށްފި

ވާޖިބު އަދާކުރަނިކޮށް ނިޔާވާ ފުލުހުންގެ އާއިލާތަކަށް ބޭސްފަރުވާ ކަށަވަރުކޮށްދޭގޮތަށް ގަވާއިދު އިސްލާހުކޮށްފި

ވާޖިބު އަދާކުރަނިކޮށް ނިޔާވާ ފުލުހުންގެ އާއިލާތަކަށް ބޭސްފަރުވާ ކަށަވަރުކޮށްދޭގޮތަށް ގަވާއިދު އިސްލާހުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޤައުމީ ޚިދުމަތުގައި ހުއްޓައި ވަކިވެދާ ފުލުހުންގެ ޢާއިލާތަކުގެ ރައްކާތެރިކަމާއި ޙައްޤުތައް ކަށަވަރުކުރުމުގެ ގޮތުން، އެފަދަ އޮފިސަރުންގެ އާއިލާތަކަށްވެސް ފުލުހުންގެ ވެލްފެއާ ނިޒާމުގެ ތެރެއިން ބޭސްފަރުވާގެ ޚިދުމަތް ދޭންޖެހޭ ގޮތަށް ފުލުހުންގެ ވަޒީފާއާ ބެހޭ ގަވާއިދު އަލުން އެކުލަވާލައިފިއެވެ.

އަލަށް ގެނައި މި އިސްލާހުގެ ދަށުން، ޚިދުމަތުގައި ދެމިތިބޭ ފުލުހުންގެ އާއިލާތަކެކޭ އެއްފަދައިން، ވާޖިބު އަދާކުރުމުގެ ތެރޭގައި ނިޔާވާ މުވައްޒަފުންގެ އާއިލާތަކަށްވެސް ފުލުހުންގެ މުއައްސަސާއިން ސިއްހީ ފަރުވާގެ ހުރިހާ އެހީތެރިކަމެއް ލިބިގެންދާނެއެވެ. މީގެއިތުރުން، އެފަދަ ހާދިސާތަކުގައި ނިޔާވާ ފުލުހުންގެ ޖަނާޒާ، ވަކި ރަސްމިއްޔާތެއްގެ ގޮތުގައި ޝަރަފުވެރިކަމާއެކު ބޭއްވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. ނަމަވެސް އެގޮތަށް ޖަނާޒާ ބާއްވާނީ، ހާދިސާ ހިނގި ގޮތާއި އޮފިސަރު އަދާކުރި ދައުރަށް ބެލުމަށްފަހު ފުލުހުންގެ އެގްޒެކެޓިވް މެނޭޖްމަންޓް ބޯޑުން ނިންމާ ގޮތެއްގެ މަތިންނެވެ.

މި އިސްލާހުގެ އިތުރުން، ފުލުހުންގެ 93 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ ޝަރަފުވެރިކަމާއެކު ޚިދުމަތުން ވަކިވާ ފަރާތްތަކަށް ހެޔޮ ބަދަލުތަކެއް ގެންނަވާނެކަން އިއުލާނުކުރައްވާފައެވެ. އެގޮތުން ރިޓަޔާކުރާ އޮފިސަރުންނަށް ދޭ އިނާޔަތްތަކުގައި އޮތް ލިމިޓް އުވާލައި، އެމީހަކު މުއައްސަސާއަށް ޚިދުމަތްކުރި މުއްދަތަކަށް ބަލައި އިނާޔަތް ހަމަޖައްސައިދިނުމަށް ވަނީ ނިންމާފައެވެ. އަދި 25 އަހަރުގެ ދިގު ޚިދުމަތަކަށްފަހު ރިޓަޔާކުރާ ފުލުހުންނަށް، ވަޒީފާގައި ދެމިހުންނަ މުވައްޒަފެކޭ އެއް އުސޫލުން މުޅި އުމުރަށް ބޭސްފަރުވާގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިދެއްވާނެ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

ޓެގް

ފުލުހުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.