ޚަބަރު މަޙްމޫދުގެ ހަށިގަނޑުގެ ތިރީހަށްވުރެ ގިނަ ތަނަށް އެކިވަރުގެ އަނިޔާތައް ދީފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެ

މަޙްމޫދުގެ ހަށިގަނޑުގެ ތިރީހަށްވުރެ ގިނަ ތަނަށް އެކިވަރުގެ އަނިޔާތައް ދީފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އދ. ދަނގެތީގައި ގައި އަނިޔާވެރިގޮތަކަށް މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނު މަހްމޫދު އަބޫބަކުރު ހަށިގަނޑު، އޭނާ މަރާލިކަމަށް އެއްބަސްވެފައިވާ ބިދޭސީ މީހާ، ޝާ އަލޮމް މިއާ (ސާލިމް) ދިރިއުޅުނު ގެ، “ނެދަން” ގޭގައި ފަސް ގަޑިއިރު ވަންދެން ބާއްވައިފައި އޮތް ކަމަށާއި، އަދި ހަށިގަނޑުގެ ތިރީހަށްވުރެ ގިނަ ތަނަށް އެކިވަރުގެ އަނިޔާތައް ދީފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.

މަހުމޫދު މަރާލިކަމަށް އިއުތިރާފުވެފައިވާ ސާލިމްއަކީ އެ ރަށު ނެދުންގޭގައި ދުވަސްވީ މީހެއް ބަލަން ހުންނަ މީހެކެވެ.

މަހުމޫދުގެ މަރުގެ ތަހުގީގުގެ އިތުރު މައުލޫމު ހާމަކުރަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވިދާޅުވީ، ސާލިމް ހައްޔަރު ކުރުމަށްފަހު ނެދުންގެ ފުލުހުން ބަލާ ފާސްކުރިއިރު، މަހުމޫދުގެ އަތުގައި އެވަގުތު އޮތް ބައެއް ތަކެތި އަދި މަރާލި އިރު ސާލިމް ލައިގެން ހުރި ބައެއް އަންނައުނުވެސް ފެނިފައިވާ ކަމަށެވެ. އެތަކެތި ވަޅުލައިފައި އޮތީ ނެދަންގެ ތެރޭގައެވެ.

ފުލުހުން ވިދާޅުވީ، މަހުމޫދު މަރާލި ރޭގެ 09:5 ހާއިރު ސާލިމް މަހުމޫދުގެ ފޯނަށް ގުޅިކަމަށާއި، އަދި ބައްދުލުކުރުމަށް ސާލިމް ދިރިއުޅުނު “ނެދެންގެ” އަށް ދިޔަކަން ތަގުގީގުން ފާހަގަކުރެވުނު ކަމަށެވެ. އަދި “ނެދުންގެ” އަށް ވަނީ ދެމީހުން އެކީގައި ކަމަށާއި، އެ ގެއަށް ވަނުމާއެކު ސާލިމް މަހުމޫދަށް ފުރަތަމަ ހަމަލާދިން ކަން ތަހުގީގުން އެނގޭ ކަމަށެވެ.

އަދި ހަމަލާދިނުމަށްފަހު މަހުމޫދުގެ ހަށިގަނޑު ގާތްގަނޑަށް 5 ގަޑިއިރު ވަންދެން “ނެދުން” ގޭގައި އޮތް ކަމަށާއި، އަދި އެ ފަސް ގަޑިއިރު ތެރޭ މަހުމުދުގެ ހަށިގަނޑަށް ތިން ފަހަރެއްގެ މަތިން ހަމަލާ ދިން ފާހަގަކުރެވިފައި ވާކަމަށް ފުލުހުން ވިދާޅުވި އެވެ.

މީގެ އިތުރުން އެރޭގެ ދަންވަރު ގާތްގަނޑަކަށް 02:00 އާއި 03:00 އާއި ދޭތެރޭ މީހަކު މަގުމަތިން ކޮނޑުމައްޗަށް އެއްޗެއް ލައިގެން ދާ މަންޒަތު ވީޑިއޯ ފޫޓޭޖު ތަކުން ފެންނަ ކަމަށް ފުލުހުން ވިދާޅުވި އެވެ. އެއީ މަހްމޫދުގެ ހަށިގަނޑު ޝާހު އާލަމް ކޮނޑަށް ލައިގެންދާ މަންޒަރު ކަމަށް ފުލުހުން ފާހަގަކުރި އެވެ.

ފުލުހުން ވިދާޅުވީ، މަހުމޫދު މަރާލުމުގައި ސާލިމް ފިޔަވައި އެހެން އެއްވެސް މީހެއްގެ ބައިވެރިވުން އޮތް ކަމަށް ނުފެންނަ ކަމަށް ތަހުގީގުން ހޯދިފައިވާ ކަމަށެވެ. އެގޮތުން އެރޭ 02:00 އާއި 03:00 ދޭތެރޭ ޝައްކު ކުރެވޭ އިތުރު އެއްވެސް ކަމެއް ނުހިނގާ ކަމަށް ވީޑިއޯ ފޫޓޭޖުތަކުން އެނގޭ ކަމަށް ފުލުހުން އިތުރަށް ވިދާޅުވި އެވެ.

ޓެގް

މަހުމޫދުގެމަރު ފުލުހުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.