ޚަބަރު އޮމިކްރޯން ވޭރިއެންޓަށް ޕޮޒިޓިވް ވެފައިވާ ދެ ކޭސް އިންޑިއާ އިން ފެނިއްޖެ

އޮމިކްރޯން ވޭރިއެންޓަށް ޕޮޒިޓިވް ވެފައިވާ ދެ ކޭސް އިންޑިއާ އިން ފެނިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އޮމިކްރޯން ވޭރިއެންޓަށް ޕޮޒިޓިވް ވެފައިވާ ދެ ކޭސް އިންޑިއާ އިން ފެނިއްޖެކަމަށް ކަރްނާޓަކާ ސްޓޭޓުގެ ސަރުކާރާ ހަވާލާދީ އެންޑީޓީވީ އިން ބުނެފި އެވެ.

އެންޑީޓީވީއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އޮމިކްރޯން ވޭރިއަންޓް ޖެހިފައިވާ ދެމީހުން ކަރުނާޓަކާއިން ފެނިފައިވާއިރު އެތަނުން އެކަކު އެއީ ބިދޭސީއެކެވެ.

މިއީ މުޅިން އަލަށް ފެނިގެން އުޅޭ ވޭރިއެންޓާ ގުޅުން ހުރި ކޭސްތަކެއް އިންޑިއާ އިން ފެނުނު ފުރަތަމަ ފަހަރެވެ. އެ ވޭރިއެންޓު އެންމެ ފުރަތަމަ ފެނުނީ އެފްރިކާގެ ދެކުނުގެ ގައުމުތަކުންނެވެ.

ދެ މީހުންކުރެ އެކަކީ އެހެން ގައުމެއްގެ ރައްޔިތަކަށްވާއިރު އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް އަދި ސާފެއް ނޫނެވެ. ވޭރިއެންޓަށް ޓެސްޓު ކުރަން ޖިނޯމް ސީކުއެންސިން ހެދީ ކޮވިޑާ ގުޅިގެން 37 ލެބޯޓަރީއެއް ހިމެނޭ ގޮތަށް އިންޑިއާ ސަރުކާރުން ގާއިމްކުރި “އިންސާކޮގް” އިންނެވެ.

އިންޑިއާ އިން އޮމިކްރޯން ވޭރިއެންޓް ފެނުމާ އެކު ކަރްނާޓަކާ ސަރުކާރުން ރައްޔިތުންގެ ކިބައިން އެދިފައި ވަނީ ހާސްނުވުމަށާއި ރައްކާތެރިވުމުގެ ގޮތުން މީހުން ގިނަ ތަންތަނަށް ގޮސް ނުހެދުމަށެވެ.

އެ ވޭރިއެންޓު ފެނުނު ދެ މީހުންނާ ގުޅުން ހުރި ކޮންޓެކްޓުތައް ޓްރޭސް ކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ނިންމާލާފަ އެވެ.

ކަރްނާޓަކާ ސަރުކާރުން ބުނީ އޮމިކްރޯންއާ ގުޅިގެން މިހާތަނަށް ދުނިޔޭގެ އެއްވެސް ތަނަކުން މަރެއް އަދި ސީރިއަސް ކޭސްއެއް ވެސް ފެނިފައި ނުވާ ކަމަށެވެ. މިހާތަނަށް ދުނިޔޭގެ 29 ގައުމަކުން އޮމިކްރޯންއާ ގުޅުން ހުރި 373 ކޭސް ވަނީ ފެނިފަ އެވެ.

ޓެގް

ކޮވިޑް-19 އިންޑިއާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.