ޓެސްލާގެ ނެކްސްޓް ޖެނެރޭޝަން ރޯޑްސްޓާ ދައްކާލައިފިއެވެ. މި އިލެކްޓްރިކް ސްޕޯޓްސް ކާރު ދައްކާލާފައިވަނީ ރޭ ޓެކްސަސްގެ ސްޕޭސް އެކްސްގެ ފެސިލިޓީއެއްގައެވެ. މި އިވެންޓުގައި އެ ކާރު ވަނީ ބިންމަތިން އުދުހުމާއި، ވައިގެ ތެރޭގައި ފުރޮޅި ފުރޮޅި ފައިބައިގެން ގޮސް އަލުން ތިރިއަށް ޖައްސާލުން ފަދަ ސްޓަންޓްތަކެއް ދައްކާލައިފައެވެ. ޓެސްލާގެ ސީއީއޯ އީލޮން މަސްކް އާދައިގެ ސްޕޯޓްސް ކާރަކަށް ވުރެ ތަފާތު އެއްޗެހި ހަދަން އުޅުނު ސަބަބު އެ ޑެމޯ އިން ސާފުކޮށްދެއެވެ.
ޓެސްލާ އިން އެންމެ ފުރަތަމަ 2017 ވަނަ އަހަރު ދެ ވަނަ ޖެނެރޭޝަންގެ މޮޑެލް ދައްކާލި ނަމަވެސް، އެ ކާރު އުފެއްދުމަށް ހީކުރި ވަރަށް ވުރެ ދިގު މުއްދަތެއް ނެގިއެވެ. ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް މަސްކް ވަނީ ރޯޑްސްޓާގައި އާދައިގެ ކާރުތަކާ ހިލާފަށް ޓެކްނޮލޮޖީ ހުންނާނެ ކަމުގެ އިޝާރާތެއް ދީފައެވެ. ޓެސްލާ އިން އެ ކާރު ދެން ނުއުފައްދާނެ ކަމާ މެދު ގިނަ ބަޔަކު ސުވާލު ވެސް އުފައްދިއެވެ.
2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު "ދަ ޖޯ ރޯގަން އެކްސްޕީރިއަންސް" ޕޮޑްކާސްޓްގައި މަސްކް ބައިވެރިވިއިރު، ރޯގަން ވަނީ ރޯޑްސްޓާއާ ބެހޭ ގޮތުން ސުވާލުކޮށްފައެވެ. މަސްކް ގެ ޖަވާބަކަށްވީ މި ރޯޑްސްޓަރ އިވެންޓަކީ "UNFORGETTABLE" އިވެންޓަކަށް ވާނެ ކަމަށް ބުނެފައެވެ. އޭނާ ވަނީ ޖޭމްސް ބޮންޑްގެ ފިލްމުތަކުން ފެންނަ މޮޔަ ކާރުތަކާ ވެސް އެ ކާރުގެ ޕްލޭން ސިފަތައް ސިފަކޮށްފައެވެ. އޭނާގެ މި ވާހަކަތަކުން ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވީ ޓެސްލާ އިން އާދަޔާ ހިލާފު (އީޖާދު ނުކުރެވޭނެ) އިލެކްޓްރިކް ކާރު ތައްޔާރު ކުރާ ކަމަށް ބުނެއެވެ.
ރޯޑްސްޓާ ޕްރޮޓޯޓައިޕްގައި ބޭނުންކޮށްފައި ވަނީ ސްޕޭސް އެކްސްގެ އިންޖިނިއަރުން ގުޅިގެން އުފައްދާފައިވާ ޓެކްނޮލޮޖީއެވެ. އަދި އެ ކާރު ވައިގެ ތެރެއަށް އުދުހެމުގެ ކުރިން ހާއްސަ ކާވްޑް ޓްރެކެއްގައި ފުރޮޅާލާ މަންޒަރު ވެސް އެ ޑެމޯގައި ވަނީ ފެނިފައެވެ. މަސްކް ވިދާޅުވީ މިއީ ޓެސްލާ އާއި ސްޕޭސް އެކްސްގެ އިންޖިނިއަރުން ގުޅިގެން ކުރި މަސައްކަތުން ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
ޓެސްލާ އިން ވަނީ ރޯޑްސްޓާގެ އާ ޕާފޯމަންސަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އަދި 0.81 ސިކުންތު ތެރޭގައި ގަޑިއަކު 60 މޭލަށް ބާރު ސްޕީޑުގައި ދުއްވާ ކަމަށް ވެސް ވަނީ ބުނެފައެވެ. މަސްކް ވިދާޅުވީ 2028 ވަނަ އަހަރު ޕްރޮޑަކްޝަން ފެށޭނެ ކަމަށާއި އެހެންކަމުން އެ ކާރު ހޯދަން އަދިވެސް އިންތިޒާރު ކުރަން ޖެހޭނެ ކަމަށެވެ. ފްލައިން ޑެމޯ ހަދާފައި ވަނީ ޕްރޮޓޯޓައިޕެއް ބޭނުންކޮށްގެން، ކަސްޓަމަރުން ގަންނަ ކާރުތަކަށް މި ޓެކްނޮލޮޖީ ބޭނުންކުރާނީ ކިހާވަރަކަށްތޯ ނުވަތަ އާންމު މަގުތަކުގައި ބޭނުންކުރަން ހުއްދަ ދޭނީ ކިހިނެއް ކަމެއް އަދި ނޭނގެއެވެ.
ރޯޑްސްޓާ އަކީ މަތިންދާބޯޓެއް ފަދަ އުދުހޭ ކާރެއް ނޫން ނަމަވެސް، މިއީ ކުޑަ ވަގުތުކޮޅަކަށް ބިންމަތިން އުދުހޭ ކާރަކަށް ވާތީ މަގުމަތީގައި ދުއްވާ އެހެން ކާރުތަކާ ވަރަށް ތަފާތު ވާނެއެވެ. އީލޮން މަސްކް ވަނީ ހަނދާން ނައްތާނުލެވޭ ވަރުގެ ޑެމޯއެއް ދައްކާނެ ކަމަށް ވައުދުވެފައެވެ. ދެން އުފެދޭ އެންމެ ބޮޑު ސުވާލަކީ 2028 ވަނަ އަހަރު އަންނަން ވާއިރަށް މި ޕްރޮޓޯޓައިޕް ޕްރޮޑަކްޝަން ކާރަކަށް ބަދަލުކުރެވިދާނެތޯއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...