ޚަބަރު އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ މައި އިދިކޮޅު ޕާޓީ ކަމަށްވާ އެމްޑީޕީގެ އެންމެ މުހިންމު އެއް ގުނަން ކަމަށްވާ ގައުމީ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އެ ޕާޓީން ރަސްމީކޮށް ހުޅުވާލައިފިއެވެ.

ޕާޓީގެ ހިންގުން ހަރުދަނާކޮށް ކުރިއަށް އޮތް ދައުރަށް ލީޑަޝިޕްގެ މަގާމުތަކަށް މީހުން އިންތިޚާބު ކުރުމަށް ބާއްވާ މި މުހިންމު އިންތިޚާބު އަންނަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި އިންތިޚާބުގައި ގައުމީ މަޖިލީހުގެ ގޮނޑިތަކުގެ އިތުރުން ޕާޓީގެ އެކި ގޮފިތަކާއި ދާއިރާތަކުގެ އިދާރީ މުހިންމު ގިނަ މަގާމުތަކަކަށް ވެސް މެންބަރުން އިންތިޚާބުކުރާނެއެވެ. އެގޮތުން އަތޮޅުތަކާއި ސިޓީތަކުންނާއި، ރަށު އަދި ސިޓީ ދާއިރާތަކުން ގައުމީ މަޖިލީހަށް މެންބަރުން ހޮވުމުގެ އިތުރުން ދާއިރާތަކުގެ ނައިބު ރައީސުންނާއި، ސެކެޓްރީންނާއި، އަންހެން ސެކެޓްރީން އަދި ޒުވާނުންގެ ސެކެޓްރީންގެ މަގާމުތަކަށް ވެސް ބޭފުޅުން އިންތިޚާބު ކުރާނެއެވެ. އަދި އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ ރައީސުންނާއި އެ ދެ ގޮފިން ގައުމީ މަޖިލީހަށް އިންތިޚާބުކުރާ މެންބަރުންގެ މަގާމުތަކަށް ވެސް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންވަނީ މި އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މެންބަރުންނަށް އެކަންޏެވެ. އަދި ޝައުގުވެރިވާ ފަރާތްތަކުން އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ޕާޓީގެ ރަސްމީ ޔެލޯ އެޕް މެދުވެރިކޮށް ފޯމު ހުށަހަޅަންޖެހޭނެ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ. މީގެ އިތުރުން ގައުމީ މަޖިލީހުގެ މަގާމުތަކަށް ވާދަކުރައްވާ ކެންޑިޑޭޓުން އިދާރީ ފީއެއްގެ ގޮތުގައި 1،000 ރުފިޔާ ދައްކަންޖެހޭނެއެވެ.

ޓެގް

އެމްޑީޕީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.