ހަޤީޤީ ހާދިސާ ފާޚާނާތެރޭގައި 932 ދުވަސްވަންދެން ދިރިއުޅުނު އަންހެނެއް.

ފާޚާނާތެރޭގައި 932 ދުވަސްވަންދެން ދިރިއުޅުނު އަންހެނެއް.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޢުމުރުން 58 އަހަރުގެ ސިންގަޕޫރު އަންހެނަކު ދެއަހަރަށްވުރެ ގިނަދުވަސްވަންދެން އޭނާގެ ކޮޓަރީގެ ފާޚާނާތެރޭގައި ދިރިއުޅެފިއެވެ. ކެއުމާއި ނިދުންވެސް އަދި އެހެނިހެން ކަންކަންވެސް އޭނަކުރަނީ ފާޚާނާގެ ތެރޭގައި ކަމަށްވެއެވެ.

ނޫސްވެރިންނަށް މިކަން ސާފުކޮށްދީފައިވަނީ މިއަންހެންމީހާގެ ފިރިމީހާއެވެ. އޭނަ ބުނެފައިވަނީ އޭނަގެ އަންހެނުންނަކީ ޑިޕްރެޝަން ތަހައްމަލު ކުރާ އަދި ސިކުޑީގެ ބަލިހުންނަ މީހެއްކަމަށެވެ.

ޢުމުރުން 64 އަހަރުގެ ފިރިމީހާ ކިޔަދީފައިވާގޮތުން އޭނަގެ އަންހެނުން ގެ ދިރިއުޅުން ދެއަހަރަށްވުރެ ގިނަދުވަސްވަންދެން ފާޚާނާތެރޭގައި ވޭތުކުރަން ޖެހުނީ ކޮންމެވެސް މީހަކު ނުވަތަ ގުރޫޕަކުން މަގުމަތިން އޭނައަށް ފާރަލައިގެން ފަހަތުން އަޅުވާލައިގެން އުޅުމުން އޭނަމާބޮޑަށް ބިރުން ގޮސްކަމަށެވެ. ފިލަންވެގެން ފާޚާނައަށް ވަންމީހާ ދެންއެއްގޮތަކަށްވެސް ނުނެރެވުނީކަމުގައި އޭނާ ކިޔައިދީފައިވެއެވެ.

ފާއިތުވި ގިނަދުވަސްތައް ވަރަށް ހިތްދަތި ވޭނުގައި ދެމަފިރިން ހޭދަކުުރުމަށްފަހު އަންހެންމީހާ ފާޚާނާއިން ނެރެވިފައިވަނީ 25 މެއި 2009 ގައި ކަމަށާއި، އަންހެންމީހާ އަށް ހިތްވަރުދީ އޭނަގެ ދިރިއުޅުން އަލުން ނަގާކޮޅަށްޖެހޭތޯ ފިރިމީހާއާއެކު އެހީތެރިވިދިނީ ފުލުހަކާއި، އެންމްބިއުލަންސް ދުއްވާ ޑުރައިވަރެއްކަމަށް ފިރިމީހާ ކިޔައިދީފައިވެއެވެ.

އަދި އަންހެންމީހާގެ ފިކުރު ބަދަލުކޮށް ހިތްވަރުދީ އަލުން އޭނާ ހަމަމަގަށް އެޅުވޭތޯ މިހާރު އެފަދަ ކަންކަމަށްޚާއްޞަކައުންސިލިން ދޭ އިންސްޓިޓިއުޓަކަށް ފޮނުވާކަމަށާއި، ދުވަހެއް ދުވަހަކަށް އަންނަނީ އަންހެނުންގެ ހާލަތު ރަގަޅުވަމުންކަމަށް އޭނާބުނެފައިވެެއެވެ.

މިޚަބަރު އިންޓަރނެޓްގައި ގެނެސްދީފައިވާ ނޫސްވެރިޔާ ބުނެފައިވަނީ އެ އަންހެންމީހާ ނޯމަލް ދިރިއުޅުމަކަށް ގެނެވުނީތީ އޭނާ އެކަމާއުފާކުރާކަމަށެވެ. އެހެނެއްކަމަކު ފާއިތުވި ދިގުމުއްދަތުގައި ފިރިމީހާގެ ދިރިއުޅުން އަންހެންމީހާއާއިއެކު ހޭދަކޮށްފައިވާނީ ހާދަހާ ހިތްދަތި ނިކަމެތި ގޮތެއްގައި ކަން އިޙްސާސް ކުރެވޭކަމަށެވެ. އަދި ފާޚާނާއެއްގެ ތެރޭގައި ދިރިއުޅޭ އަންބަކާއެކު އެހާގިނަދުވަސް ވަންދެން ކެތްތެރިކަމާއެކު ދިރިއުޅޭވީ ވަރަށް ކެތްތެރި އިޚްލާޞްތެރި ވަފާތެރި ފިރިއަކަށް ކަމާމެދު ޝައްކު ނުކުރާކަމަށްވެސް ނޫސްވެރިޔާ ލިޔެފައިވެއެވެ.

މަސްދަރު: އޮޑިޓީސެންޓްރަލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.