ޚަބަރު ޓެކްސް ޤާނޫނަށް ގެންނަ އިޞްލާޙަކީ ވިޔަފާރިތަކަށް ލިބޭނެ ބޮޑު ލުޔެއް: ފަލާޙް

ޓެކްސް ޤާނޫނަށް ގެންނަ އިޞްލާޙަކީ ވިޔަފާރިތަކަށް ލިބޭނެ ބޮޑު ލުޔެއް: ފަލާޙް

ޓެކްސް ޤާނޫނަށް ގެންނަ އިޞްލާޙަކީ ވިޔަފާރިތަކަށް ލިބޭނެ ބޮޑު ލުޔެއް: ފަލާޙް
މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް -- ފޮޓޯ: މަޖިލިސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސަރުކާރުން ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނަށް ހުށަހަޅާފައިވާ އިޞްލާޙުގެ ސަބަބުން ވިޔަފާރިވެރިންނަށާއި އާންމު ރައްޔިތުންނަށް އެއްވެސް އިތުރު ބުރައެއް އުފުލަން ނުޖެހޭނެ ކަމަށާއި، މި ބަދަލުގެ އެންމެ ބޮޑު ފައިދާއެއް ކުރާނީ ވިޔަފާރިތަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާޙް ވިދާޅުވީ، މިއީ އާ ޓެކްސެއް ތަޢާރަފުކުރުމުގެ ބަދަލުގައި ޤައުމީ މަޞްލަޙަތު އިސްކޮށްގެން ހުށަހެޅި މުހިންމު އިޞްލާޙެއް ކަމަށެވެ. އެގޮތުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލައެއް ހުށަހަޅާއިރު ދައްކަންޖެހޭ 25 އިންސައްތައަކީ ކުރިންވެސް ޤާނޫނުގައި އޮތް މިންވަރެއް ކަން ފާހަގަކުރައްވައި، މީގެކުރިން އެ މިންވަރު ހިސާބުކުރީ ބޮޑެތި ޖޫރިމަނާތަކާއެކު ކަމަށްވިޔަސް، އާ އިޞްލާޙުގެ ދަށުން ޖޫރިމަނާ އުނިކޮށް ހަމައެކަނި އަސްލު ޓެކްސް އަދަދަށް ބަލައިގެން އިސްތިއުނާފު ކުރެވޭގޮތް ހަމަޖެހުމަކީ ވިޔަފާރިތަކަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، އެއްވެސް އަސާސެއް ނެތި މައްސަލަތައް ދިގުދައްމައިގެން ޓްރައިބިއުނަލަށް ހުށަހެޅުމުގެ ފުރުޞަތު ހަނިކުރަންޖެހޭ ކަމަށާއި، ވަކި ވިޔަފާރިވެރިއެއްގެ މަޞްލަޙަތަށްވުރެ މުޅި ދައުލަތާއި ރައްޔިތުންގެ މަޞްލަޙަތު އިސްކުރަންޖެހޭ ކަމަށް ފަލާޙް ފާހަގަކުރެއްވިއެވެ.

އިދިކޮޅު ފަރާތްތަކުން ދައްކަނީ ސިޔާސީ ވާހަކަތަކެއް ކަމަށް ސިފަކުރައްވަމުން، މި ބަދަލަކީ ދައުލަތުގެ ބަޖެޓަށް ފައިސާ ހޯދުމުގެ ނިޔަތުގައި ނުވަތަ ވިޔަފާރިތަކަށް ދަތިކުރުމަށް ކުރާ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން، ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅުވެ ފިޗް ރޭޓިންގްސްއިން ރާއްޖޭގެ ރޭޓިންގ މަތިކޮށްދީފައިވާތީ ސަރުކާރުގެ ސިޔާސަތުތަކަށް ތަޢުރީފު ކުރައްވައި، އިޞްލާޙުތަކާ މެދު ވާހަކަދައްކާއިރު ޤާނޫނުތައް ރަނގަޅަށް ދިރާސާކޮށްގެން ސައްޙަ މަޢުލޫމާތު ފެތުރުމަށް އިދިކޮޅު އެމްޑީޕީގެ މެންބަރުންނަށް ފަލާޙް އިލްތިމާސްކުރެއްވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.