ޚަބަރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ދޭ "ރިވެލި އެވޯޑު" 8 ފަރާތަކަށް އަރުވައިފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ދޭ "ރިވެލި އެވޯޑު" 8 ފަރާތަކަށް އަރުވައިފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ދޭ "ރިވެލި އެވޯޑު" 8 ފަރާތަކަށް އަރުވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރާއި ގާބިލުކަން ފާހަގަކޮށް، އެފަދަ ފަރާތްތަކުގެ ހައްގުގައި އަގުހުރި ހިދުމަތްތަކެއް ކުރަމުން އަންނަ ފަރާތްތަކަށް ސަރުކާރުން ދެއްވާ "ރިވެލި އެވޯޑު" މިއަހަރު 8 ފަރާތަކަށް ދެއްވައިފިއެވެ.

ބާސެލޯ ނަސަންދުރާގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެވޯޑު ހާސިލުކުރި ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. ސިއްހަތާ ބެހޭ ވުޒާރާއިން އިންތިޒާމުކުރި މި ހަރަކާތަކީ ގާނޫނީ އިމުގެ ތެރެއިންނާއި ސަރުކާރުގެ "އޯގާތެރި މުޖުތަމައު" ސިޔާސަތުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރުވުމަށް ބޭއްވި މުހިންމު ޖަލްސާއެކެވެ.

މިއަހަރުގެ އެވޯޑަށް 25 ފަރާތަކުން ކުރިމަތިލިއިރު، ހޮވުނު 8 ފަރާތުގެ ތެރޭގައި ހިމެނެނީ ނުކުޅެދުންތެރިކަން ހުންނަ 4 ފަރުދަކާއި، އެ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިން 4 ފަރާތެކެވެ. އޭގެ ތެރޭގައި އަމިއްލަ ފަރުދުންގެ އިތުރުން ތައުލީމީ ދާއިރާއިން އަމީނިއްޔާ ސްކޫލާއި، އިގްތިސާދީ ގޮތުން ބާރުވެރިކުރުވުމުގެ ދާއިރާއިން އެޗްޑީސީ އަދި ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް ހިމެނެއެވެ.

މީގެއިތުރުން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން ފުރަތަމަ ފަހަރަށް އައިޓީގެ ދާއިރާއިން ޑިގްރީ ހާސިލުކުރި އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރު، ށ. ކޮމަންޑޫ އިސްމާޢީލް ރާހިލްގެ ކާމިޔާބީ ފާހަގަކޮށް، ސިއްހަތާ ބެހޭ ވަޒީރު ޑރ. ހަލީލާ އަލީ ވަނީ އޭނާއަށް ހާއްސަ ހަނދާނީ ފިލައެއް އަރުވާފައެވެ.

މުޖުތަމައުގައި ހުރި ތަފާތުކުރުންތައް ނައްތާލައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީވެސް ފުރުސަތު ލިބިއްޖެނަމަ ނަތީޖާ ނެރެވޭނެ ބައެއްކަން ސާބިތުކޮށްދިނުމުގެ މަގުސޫދުގައި 2012 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ މި އެވޯޑު، މިހާތަނަށް ވަނީ ޖުމްލަ 67 ފަރާތަކުން ހާސިލުކޮށްފައެވެ.

ޓެގް

ރިވެލިއެވޯޑް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.