ދުބާއީ : ޔޫއޭއީގައި ގިނަ އަހަރުތަކެއް ވަންދެން ދިރިއުޅުނު އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި މުނިފޫހިފިލުވުމުގެ ދާއިރާގެ މަޝްހޫރު ޑޮކްޓަރު ޕީއޭ އިބްރާހިމް ހާޖީ މިއަދު ހެނދުނު މަރުވެއްޖެ އެވެ.
މަޝްހޫރު ޕޭސް އެޑިއުކޭޝަން ގްރޫޕްގެ ޗެއާމަންކަން 55 އަހަރު ވަންދެން ކުރި އިރު އޭނާ އަކީ ގިނަ ކުންފުނިތަކެއް ގެ ވެރިއެކެވެ. އިންޑަސް މޯޓަރ ކޮމްޕެނީގެ ފައުންޑަރ އަދި ވައިސް ޗެއަރމަން އަދި މަލާބާރު ގޯލްޑް އެންޑް ޑައިމަންޑްސްގެ ކޯ-ޗެއަރމަން ކަންވެސް ކޮށްފައިވާއިރު އޭނާ އެންމޮބޮޑަށް މަޝްހޫރުވެފައިވަނީ އިންސާނިއްޔަތަށްޓަކައި އޭނާ ކުރައްވަމުން ގެންދެވި މަސައްކަތްޕުޅުތަކުގެ ސަބަބުންނެވެ.
އުމުރުން 78 އަހަރުގެ ގައި ސްޓްރޯކެއް ޖެހުނީ މިދިޔަ ހަފުތާގައި ކަމަށާއި އޭނާ ވަނީ ދުބާއީގައި އޮޕަރޭޝަނެއް ވެސް ކޮށްފައިކަމަށް ޚަބަރުތައް ބުނެއެވެ.
އޭނާ ކެރެލާގެ ކޮޒިކޮޑޭއަށް ބަދަލުކުރީ ރޭ އެއާ އެމްބިއުލާންސެއްގަ އެވެ. ނަމަވެސް އޭނާ މަރުވީ މިއަދު ހެނދުނު ކަމަށް އެ ޖަމާއަތުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...