ނ.އަތޮޅު މަދަރުސާ ގެ 3 ބުރީގެ އިމާރާތުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާއިރު، އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙްމަދު ރިޔާޒްއެވެ.
ނ.އަތޮޅު މަދަރުސާގެ ތިން ބުރީގެ އިމާރާތުގެ މި މަސައްކަތާ ހަވާލުވީ މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑެއެވެ. މި އެއްބަސްވުމުގައި އެ ކުންފުނިން ސޮއިކުރެއްވީ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ޔާސީން ނަޢީމްއެވެ. 15 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތް 360 ދުވަހުގެ ތެރޭގައި ނިންމުމަށްވަނީ ކަނޑައަޅާފައެވެ..
ސަރުކާރުގެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށާއި ފުރިހަމަ ވަށާޖެހޭ ތަޢުލީމެއް ފޯރުކޮށްދިނުމަށްޓަކައި ސްކޫލްތައް އެއްދަންފަޅިއަށް ބަދަލުކުރުމުގެ ގޮތުން އިތުރު ކްލާސްރޫމްތައް އެޅުމުގެ މަސައްކަތްތައް ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...