އަމީތާބް ބައްޗަން އަކީ 1970ގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެން ބޮލީވުޑްގެ ރަސްކަން ކުރަމުން އަންނަ ޝަހެންޝާހް އެވެ. އަމީތާބު އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ ބޮލީވުޑްގެ ފިލްމުތަކުގައި އޭނާ ކުޅެފައިވާ “ޒަންޖީރު” (1973)، “ދީވާރް” (1975)، “ޝޯލޭ” (1975)، “ޑޮން” (1978)، އަދި “އަގްނީޕަތު” (1990) ފަދަ ފިލްމުތަކުންނެވެ.
ފިޒިކަލް އިން ފެށިގެން ފައިނޭންޝަލް އާ ހަމައަށް އެކްޓިން ކެރިއަރުގައި އަމީތާބަށް ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް އޭނާގެ ބުރަ މަސައްކަތާއި އަޒުމުގެ ސަބަބުން މިހާރު އޭނާ ވަނީ ބޮލީވުޑްގެ މެގަސްޓާއަކަށް ވެފަ އެވެ. އަމީތާބް ބައްޗަން އާއި ބެހޭ އިތުރު މައުލޫމާތު ހޯދާލަމާ ހިންގަވާށެވެ.

ބައޮގްރަފީ
އަމީތާބް އުފަންވެފައިވަނީ 11 އޮކްޓޯބަރ 1942 ގައި އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ ﷲއާބާދުގައެވެ. ފުރިހަމަ ނަމަކީ އަމީތާބް ހަރިވާންޝް ރާއީ ޝްރިވަސްތަވާ އެވެ. ތަފާތު ނަންނަމުން އޭނާ މުޚާޠަބުކޮށް މަޝްހޫރުވެފައިވެއެވެ. އޭގެ ތެރޭގައި މުންނާ، ބިގް ބީ، އެންގްރީ ޔަންގް މޭން، އޭބީ އެސްއާރް، އަމިތު، އަދި ބޮލީވުޑްގެ ޝަހެންޝާހް ފަދަ ނަންތައް ހިމެނެވެ.
ބޮލީވުޑްގެ މަޝްހޫރު ތަފާތު އެވޯޑްތައް އަމީތާބް ހާޞިލް ކޮށްފައިވެއެވެ. އެގޮތުން 1984 ވަނަ އަހަރު ޕަދްމާ ޝްރީ، 2001 ވަނަ އަހަރު ޕަދްމާ ބޫޝަން އަދި 2015 ވަނަ އަހަރު ޕަދްމާ ވިބޫޝަން ފަދަ މަޝްހޫރު ގިނަ އެވޯޑްތަކެއް އޭނާއަށް ވަނީ ލިބިފައެވެ.

ޖިސްމާނީ ސިފަ
ބޮލީވުޑްގައި ހޭދަކުރި ފުރަތަމަ ދުވަސްތަކުގައި އޭނާ އަށް ފިލްމު އުފައްދާ ފަރާތްތަކުން ވަރަށް ގިނަ ފަހަރަށް ރިޖެކްޓް ކުރީ އޭނާގެ އިސްކޮޅުން ދިގުކަމުންނެވެ. އަމީތާބުގެ އިސްކޮޅުގައި 6 ފޫޓް 2 އިންޗިހުރެއެވެ. ނަމަވެސް އޭނާގެ ފުރަތަމަ ފިލްމު “ސާތު ހިންދުސްތާނީ” އަށް ނެޝަނަލް ފިލްމު އެވޯޑް ފޯ ބެސްޓް ނިއުޓްރިޝަނިސްޓުން ގެ އެވޯޑް ލިބުމުން އޭނާ ވަނީ ފާޑުކިޔުންތަކާއި، ނުރުހުންތެރިކަން އެއްފަރާތްކޮށް ، ފިލްމީ ދާއިރާގައި ގިނަ ބައެއްގެ ތަރުހީބު ހޯދާފަ އެވެ.

އާއިލާ ، ގާތްތިމާގެ މީހުން އަދި ގާރލްފްރެންޑްސް
އަމީތާބަކީ ކަޔާސްތާ ހިންދޫ އާއިލާއަކަށް ނިސްބަތްވާ އަދި ހިންދޫ ބައްޕަ ހަރިވާންޝް ރާއީ ބައްޗަން އާއި ސިކް މަންމަ ތިޖީ ބައްޗަން އަށް ލިބުނު ކުއްޖެކެވެ. ޝިޔާމާއަކީ އޭނާގެ މަންމައެވެ. އެންމެ ފުރަތަމަ އަމީތާބުގެ ނަން އިންކުއިލާބް ގެ ނަމުން ނަން ދެވިފައިވަނީ އުރުދޫ ލަފުޒަކުން އިންސްޕަޔާވެގެންނެވެ. ނަމަވެސް އޭނާގެ ބައްޕަ ވަނީ އޭނާގެ ބައްޕަގެ އެކުވެރި ޅެންވެރިޔާ ސުމިތުރަނަންދަން ޕަންޓް ދިން ލަފަޔާ ގުޅިގެން އަމީތާބަށް އޭނާގެ ނަން ބަދަލުކޮށްފައެވެ. އޭނާގެ ސަރނޭމަކީ ޝްރިވަސްތަވާ ނަމަވެސް އޭނާގެ ބައްޕަ ވަނީ އޭގެ ބަދަލުގައި ޕެން ނޭމް ބައްޗަން އަށް ބަދަލުކޮށްފަ އެވެ.
އެއާއިލާގައި އަމީތާބުގެ ހަގަށް (އޭނާގެ ކޮއްކޮ) އަޖިތާބް ބައްޗަން ވެސް ހުރެއެވެ.


އިންޑިއާގެ ބައެއް އެކްޓްރެސް އިން ކަމަށްވާ ޕަރްވީން ބާބީ، ރޭކާ އަދި ޖާޔާ ބަހާދުރީ އާ އަމީތާބު ރައްޓެހި (ގާރލްފްރެންޑް) އެވެ. ނަމަވެސް 3 ޖޫން 1973 ގައި ޖަޔާ ބަހާދުރީ އާއި އޭނާ ކައިވެނި ކުރެވުނެވެ. މިދެމަފިރިންނަށް އަންހެން ދަރިއަކު ( ޝްވީތާ ބައްޗަން ) ލިބިފައިވާއިރު، އެދެމަފިރިންގެ ފިރިހެން ދަރިފުޅު އަބީޝޭކް ބައްޗަން ވެފައި ވަނީ ފިލްމީ މަޝްހޫރު އެކްޓަރަކަށެވެ.

ކެރިއަރ
އަމީތާބު ތައުލީމު ހާސިލްކުރީ ބޯއީޒް ހައި ސްކޫލް، ﷲއާބާދު އަދި ޖަނާ ޕްރަމޯދިނީ އިންއެވެ. ގްރެޖުއޭޓްވީ (B.Sc.) އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ކިރޯރީ މަލް ކޮލެޖުން އިންނެވެ. އެންމެ ފުރަތަމަ އޭނާ ބޭނުންވީ އިންޖިނިއަރަކަށް ވާށެވެ. އަދި އިންޑިއަން އެއާފޯސްއާ ގުޅުމަށް ޝައުގުވެރިވާ ކަމަށް ބުނެފައިވެއެވެ. ކިޔަވާ ނިމިގެން ޝައުން ވޮލަސްއާއެކު މަސައްކަތް ކުރަން ފެށިއެވެ. އޭގެ ފަހުން ޝިޕިން ފާމް ބާރޑް އެންޑް ކޯގެ ފްރައިޓް ބްރޯކަރެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށި އެވެ.

1984 ވަނަ އަހަރު ސިޔާސީ މައިދާނަށް ގުޅިވަޑައިގަތީ އޭނާގެ ރަހުމަތްތެރިއެއް ކަމަށްވާ ރަޖީވް ގާންދީއަށް ތާއީދު ކުރެއްވުމުގެ ގޮތުންނެވެ. އެއިޓް ލޮކް ސަބާ އިންތިޚާބުގައި އޭނާ ވާދަކުރެއްވީ ހެމްވަތީ ނަންދާން ބަހުގުނާއާ ވާދަކުރައްވައި، ﷲއާބާދުގެ ގޮނޑިއަށެވެ. އާންމު އިންތިޚާބުގެ ތާރީޚުގައި ވެސް އެންމެ ބޮޑު ތަފާތަކުން ކާމިޔާބު ހޯއްދެވި ގޮނޑި އޭނާއަށް ލިބިވަޑައިގެންނެވީ ވޯޓުގެ %68.2 ހޯއްދަވައިގެންނެވެ. ސިޔާސީ މައިދާނުގައި ތިން އަހަރު މަސައްކަތް ކުރެއްވުމަށްފަހު އަމީތާބު އިސްތިއުފާ ދިނުމަށްފަހު، ދުރަށްދިޔައީ ސިޔާސީ ކަންކަމަކީ ސެސްޕޫލް އޭ ބުނަމުންނެވެ.

އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާއަށް އިތުރަށް ހިދުމަތްތަކާއި ޕްރޮޑަކްޓްތައް ތައާރަފުކުރުމުގެ މަގްސަދުގައި އޭނާގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ އަމީތާބް ބައްޗަން ކޯޕަރޭޝަން ލިމިޓެޑް (އޭބީސީއެލް) އުފެއްދުމަށް އެކްޓިން ކެރިއަރުން ވަގުތީ ބްރޭކެއް ނެގި އެވެ. އެ ކުންފުނިން 1996 ވަނަ އަހަރު ފެށި ގިނަ ފިލްމުތަކެއް ޕްރޮޑިއުސްކުރި ނަމަވެސް އެއިން އެއްވެސް ފިލަމަކަށް އެކަށީގެންވާ މިންވަރަކަށްވެސް ތަރުޙީބެއް ނުލިބުނެވެ.
1997 ވަނަ އަހަރު އޭބީސީއެލް އިން ގެނެސްދިން ބޮލީވުޑް ފިލްމު “އެމްރިތުޔުޑޭޓާ” އާއެކު އެކްޓަރެއްގެ ގޮތުގައި އޭނާ އެނބުރި އައި ނަމަވެސް އެ ފިލްމު ވަނީ ކްރިޓިކަލް އަދި މާލީ ގޮތުން ވެސް ނާކާމިޔާބުވެފަ އެވެ. 1996 ވަނަ އަހަރު ބެންގަލޫރުގައި އޮތް މިސް ވޯލްޑް ބިއުޓީ ޕެޖަންޓުގެ މެއިން ސްޕޮންސަރަކަށް އޭބީސީއެލް ވީ ނަމަވެސް އެ ކުންފުންޏަށް ވަނީ އެތައް މިލިއަން ގެއްލުމެއް ވެފައެވެ. އޭގެ ފަހުން އޭބީސީއެލް އެޑްމިނިސްޓްރޭޝަންގެ ތެރެއަށް ވަދެ، އިންޑިއަން އިންޑަސްޓްރީޒް ބޯޑުން ވަނީ ފެއިލްވެފައިވާ ކުންފުންޏެއް ކަމަށް ކަނޑައަޅައިފަ އެވެ.
އެ ދުވަސްވަރު އިންޑިއާގެ ސިޔާސީ ބޭފުޅެއް ކަމަށްވާ އަމަރު ސިންގް އޭނާއަށް މާލީ ގޮތުން އެހީތެރިވެވަޑައިގެން ފަހުން އަމީތާބު ވަނީ އޭނާ އާއި އޭނާގެ ޕާޓީ ސަމަޖްވާދީ ޕާޓީއަށް ތާއީދު ކުރައްވަން ފައްޓަވައިފަ އެވެ.
އަމީތާބު ހޯސްޓްކުރި މަޝްހޫރު އިންޑިއަން ޓީވީ ގޭމް ޝޯތަކުގެ ތެރޭގައި “ކައުން ބަނޭގާ ކްރޯރްޕަތީ ސީޒަން 1، 2، 4، 5، 6، 7، 8 އަދި 9” ހިމެނެއެވެ. އަދި މަޝްހޫރު ރިއަލިޓީ ޝޯ “ބިގް ބޮސް ސީޒަން 3” (2009) އާއި އިންޑިއާގެ މުނިފޫހިފިލުވުމުގެ ޓޯކް ޝޯ “އާޖް ކީ ރާތު ހޭ ޒިންދަގީ” (2015-2016) ހޯސްޓްކުރި އެވެ. އޭގެ އިތުރުން ޔޫދް (2014) ފަދަ ބައެއް ޓީވީ ޝޯތަކުގައި އޭނާ އެކްޓްކޮށްފައި ވަނީ ޔުދިސްތީރު ސިކަރްވާރް އާއި އެސްޓްރާ ފޯސް (2016-2017) ފަދަ ޝޯތަކުގައި އެސްޓްރާ (ވޮއިސް ރޯލް) ގެ ގޮތުގަ އެވެ.

ފެކްޓްސް / ކުރުކޮށް
• އަމީތާބަކީ އަމްބިޑެކްސްޓްރޯސް (ދެއަތްތެރިއެއް ) އެއްކަމަށާއި ދެ އަތުން ވެސް ރަނގަޅަށް ލިޔެ، މަސައްކަތް ކުރެވިދާނެ ކަމަށް އޭނާ ބުނެއެވެ.
• އެއް އިރެއްގައި އޯލް އިންޑިއާ ރޭޑިއޯގައި އޮޑިޝަން ޓެސްޓެއް ދިން ނަމަވެސް އޭނާ ވަނީ އެކަމާ ދެކޮޅު ހަދާފަ އެވެ.
• މަޝްހޫރު ކޮމީޑިއަން މެހްމޫދު ވަނީ އޭނާގެ އަމިއްލަ ގޭގައި ދިރިއުޅުމަށް އަމީތާބަށް އޮފަރ އެވެ.
• މުމްބާއީގެ މެރިން ޑްރައިވްގައި ބެންޗެއްގައި ވެސް އޭނާ ވަނީ މަދު ރޭތަކެއް ހޭދަކޮށްފަ އެވެ.
• އެއް އިރެއްގައި ޑައިރެކްޓަރު ސުނިލް ދައްތާ އޭނާ ފިލްމެއް ގެ ފިލްމަކަށް ސޮއިކުރި ރޭޝްމާ އައުރް ޝެރާ (1971) އަށް ސޮއިކުރީ ހަމައެކަނި މަރްޙޫމް ބޮޑުވަޒީރު އިންދިރާ ގާންދީގެ ތައާރަފުގެ ސިޓީއެއް ލިބުމުންނެވެ.

• އަމިތާބުގެ އެންމެބޮޑަސް މަޝްހޫރުވެފައި ވަނީ ގުދުރަތުން އޭނާއަށް ލިބިފައިވާ ބެރިޓޯނީ ގެ އަޑުގެ ސަބަބުން ނެވެ. 1975،ޓެރޭ މެރޭ ސަޕްނޭ (1996)، ލަގާން (2001)، ޕަރިނީތާ (2005) ފަދަ ގިނަ ފިލްމުތަކަށް ނެރޭޓަރެއްގެ ގޮތުގައި އޭނާގެ އަޑު ވަނީ ދައްކުވައިދީފައެވެ.
• ހިންދީ، އިނގިރޭސި، ޕަންޖާބީ، މަރަތީ، ކަންނާޑާ، ޓެލުގޫ، ބޫޖްޕޫރީ، އަދި މަލަޔާލަމް ފަދަ ތަފާތު 8 ބަހަކުން އޭނާ މަސައްކަތް ކުރި އެވެ.
• އައި.ސީ.އައި.ސީ.އައި، އެމާމީ ބޮރޯ ޕްލަސް، އެވްރެޑީ، ޖަސްޓްޑިއަލް، ޕެޕްސީ، ނެރޯލަކް، ނަވާރަތަން އޮއިލް، ކެޑްބަރީ، ސަހާރާ ސިޓީ ހޯމްސް، ކަލްޔަން ޖުވެލަރީސް، މެގީ، ދަބޫރް ފަދަ އެތައް ޓީވީ ކޮމާޝަލް އިޝްތިހާރުތަކެއްގައި އަމީތާބު ވަނީ ހަރަކާތްތެރިވެފައެވެ.
• ފިލްމު ކޫލީ (1983) ގެ ޝޫޓިންގެ ތެރޭގައި އޭނާއަށް މަޔާސްތީނިއާ ގްރަވިސް ޖެހިފައިވާކަން އެނގުނު އިރު، އޭގެ ފަހުން އޭނާ ވަނީ ވަރަށް ކައިރިން ފުރާނައަށް ނުރައްކާވާ ފަދަ އިންޓެސްޓިނަލް އިންޖަރީއެއް ވެފަ އެވެ.
• އޭނާ ވަނީ 20 އަށް ވުރެ ގިނަ ފިލްމުގައި ވިޖޭގެ ސްކްރީން ނަން ބޭނުންކޮށްފައެވެ.
• އޭނާއަކީ 2000 ވަނަ އަހަރު ލަންޑަންގެ މެޑަމް ޓްސޯޑްސް ވެކްސް މިއުޒިއަމްގައި ވެކްސްގައި މޮޑެލްކުރި މިހާތަނަށް ދުނިޔޭގައި ހުރި އޭޝިޔާ ދަރިކޮޅުގެ ފަންނާނެވެ. އަދި ނިއުޔޯކް، ހޮންކޮންގް، ބެންކޮކް، ވޮޝިންޓަން އާއި ދިއްލީ ފަދަ ތަންތަނުގައި ވެސް އޭނާގެ ސްޓެޗޫ މޮޑެލްކޮށްފައި އެބަހުއްޓެވެ.

• ފިލިމީ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތުގެ ސަބަބުން 2001 ވަނަ އަހަރު މިސްރުގައި ބޭއްވި އެލެގްޒެންޑްރިއާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި އެކްޓަރު އޮފް ދަ ސެންޗަރީގެ އެވޯޑު އޭނާއަށް ވަނީ ލިބިފަ އެވެ.
• ފަރަންސޭސި ސަރުކާރުން އޭނާއަށް އެންމެ މަތީ މަދަނީ ޝަރަފު އަރުވާފައިވަނީ “ނައިޓް އޮފް ދަ ލީޖަން އޮފް އޮނަރ” ގެ ޝަރަފުގައެވެ.
• އިންޑިއާގައި ގިނަ ކަންތައްތަކެއް އޭނާގެ ނަމުން ނަން ދެވިފައިވެއެވެ. އެގޮތުން އަމީތާބް ބައްޗަން ސްޕޯޓްސް ކޮމްޕްލެކްސް، އަމީތާބް ބައްޗަން ރޯޑް، އަމީތާބް ބައްޗަން ގަވަމަންޓް އިންޓަ ކޮލެޖް، ސައިފީ ފަދަ ކަންކަމަށެވެ.
• ކޮލްކަތާގައި ކަލާނގެއެއްގެ ގޮތުގައި އަމީތާބުގެ ބުދު ހަދާ އެއަށް އަޅުކަންކުރާ ފައްޅިއެއް ހުރެއެވެ.

• 2012 ވަނަ އަހަރު ޕީޓާ އިންޑިއާއިން އޭނާއަށް އެންމެ ހޮޓް ވެޖިޓޭރިއަންގެ މަގާމު ލިބުނެވެ.
• ޕީޓާ އޭޝިއާގެ ކޮންޓެސްޓު ޕޯލްގައި އޭނާ ވަނީ އޭޝިއާގެ އެންމެ ސެކްސީ ވެޖިޓޭރިއަން ގެ ލަގަބު ހޯދާފަ އެވެ.
• އަދި 2013 ވަނަ އަހަރު އޭނާއަށް ވަނީ ފްރާންސްގެ ރަށެއް ކަމަށްވާ ޑެއުވިލްގެ އޮނަރަރީ ސިޓިޒަންޝިޕް ވެސް އަރުވާފަ އެވެ.
• އޭނާގެ އަތުގައި ޕެޓް ކުއްތާއެއް ކަމަށްވާ ޝަނޫކް އޮތްއިރު އެއީ ދުނިޔޭގެ އެންމެ ދިގު އެއް ކުއްތާ ކަމަށްވާ ޕިރަންހާ ޑޭން ކުއްތާ އެވެ. ކުޑަ ދުވަސްކޮޅަކަށް ބަލިވެ އުޅުމަށްފަހު 2013 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެ ކުއްތާ ވަނީ މަރުވެފަ އެވެ.

• އޭނާގެ ފުރަތަމަ ކާރަކީ ސެކަންޑް ހޭންޑް ފިއަޓް އެވެ.
• އަމީތާބް އާއި އޭނާގެ ދަރިފުޅު އަބީޝޭކް ބައްޗަން ގިނިސް ވޯލްޑް ރެކޯޑް އޮންނަނީ ބޮލީވުޑްގެ ފިލްމު ޕާ (2009) ގައި އޮން-ސްކްރީނުގައި ރިވާސްޑް ރޯލުތައް ކުޅެފައިވާ ހަމައެކަނި ބައްޕަ-ފިރިހެން ދެމަފިރިންގެ ގޮތުގައެވެ.

• ފަރަންސޭސި ވިލާތުގެ މަޝްހޫރު ޑައިރެކްޓަރު ފްރެންކޮއިސް ޓްރަފައުޓް ވަނީ އޭނާއަށް “ވަން މޭން އިންޑަސްޓްރީ” ގެ ނަމުން ނަންދީފައެވެ.
• އަމީތާބް ބައްޗަން: ދަ ލެޖެންޑް ފަދަ އެތައް ފޮތެއް އޭނާއާ ބެހޭ ގޮތުން ލިޔެފައި ވެ އެވެ. އަމީތާބް ބައްޗަން؛ އޭބީ: ދަ ލެޖެންޑް؛ އަމީތާބް ބައްޗަން: އެކް ޖީވިޓް ކިމްވަޑާންޓީ؛ އަމީ ދަ ބިގް ބީ ، ބޮލީވުޑު، ބައްޗަން އަދި މީ؛ އަދި ބައްޗަންލިއާ ފަދަ ނަންތަކުން މަޝްހޫރު ފޮތްތައް ލިޔެވިފައިވެއެވެ.
• އަމީތާބު ވަނީ 2002 ވަނަ އަހަރު ނެރުނު “ސޯލް ކަރީ ފޯ ޔޫ އެންޑް މީ – އެން އެމްޕަވަރިން ފިލޯސަފީ ދެޓް ކޭން ރިޗް ޔުއަރ ލައިފް” ވެސް ލިޔެފައެވެ.
• އަމީތާބް އަކީ ސީދާ ވެޖިޓޭރިއަން އެކެވެ.
• ޕެން އެއްކުރުމަށް ލޯބިކުރާ އިރު އޭނާގެ އަތުގައި ހާހަކަށްވުރެ ގިނަ ޕެން ގެ ކަލެކްޝަނެއް އެބަހުއްޓެވެ.
• އޭނާގެ އެންމެ ފޭވަރިޓް ސިޓީއަކީ ރަޝިއާގެ ސެއިންޓް ޕީޓާސްބާގް އެވެ.
• އޭނާގެ އެންމެ ފޭވަރިޓް ކާރަކީ ލެކްސްސާ އެވެ.

• ސައުތު ކޮލްކަތާގެ އަވަށެއް ކަމަށްވާ ޓިލްޖާލާގައި މިސްޓަރ ބައްޗަންއަށް ހާއްސަ ކޮށްފައިވާ ފައްޅިއެއް ހުރެއެވެ. މި ފައްޅި އަކީ އޯލް ބެންގާލް އަމީތާބް ބައްޗަން ފޭންސް އެސޯސިއޭޝަނުން ހަދާފައިވާ ފައްޅިއެކެވެ.
• މިސްޓަރ ބައްޗަންގެ ސްޓެޗޫ ‘ސަރްކާރް’ އެވަޓާރގައި ކުރެހުންތެރިޔާ ސުބްރަތާ ބޯސް ވަނީ ތައްޔާރުކޮށްފައެވެ.
ނިމުނީ
ރިފަރެންސް:
ވިކީ ބައޯ / އަމީތާބު
https://wikibio.in/amitabh-bachchan/
ކޮމެންޓް (0)
ލޯޑް ކުރަމުން...