ބޭރުދުނިޔެ އާއަހަރާ ދިމާކޮށް އިންޑިއާގެ ފައްޅިއަކަށް އަޅުކަން ކުރަން އެއްވި ބަޔަކު ފިތިގެން 12 މީހަކު މަރުވެ އެތައްބަޔަކަށް އަނިޔާވެއްޖެ

އާއަހަރާ ދިމާކޮށް އިންޑިއާގެ ފައްޅިއަކަށް އަޅުކަން ކުރަން އެއްވި ބަޔަކު ފިތިގެން 12 މީހަކު މަރުވެ އެތައްބަޔަކަށް އަނިޔާވެއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އެންޑީ ޓީވީ: އާ އަހަރާ ދިމާކޮށް އިންޑިއާގެ ފައްޅިއަކަށް އަޅުކަން ކުރަން އެއްވި ބަޔަކު ފިތިގެން 12 މީހަކު މަރުވެ އެތައްބަޔަކަށް އަނިޔާވެއްޖެއެވެ.

އެންޑީޓީވީން ރިޕޯޓްކުރާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އާ އަހަރު ފެށުން ފާހަގަކުރުމުގެ ގޮތުން އަޅުކަން ކުރަން އައި ގިނަ އަދަދެއްގެ އަޅުވެރިންތަކެއް “ވައިޝްނޫ ދޭވީ ބާވަން” ކިޔާ ފަޅީގައި އެއްވެ އުޅުމުގެ ތެރޭގައި ކަމަށެވެ.

މި ފައްޅިއަކީ ވައިޝްނޫ ދޭވީގެ ގޮތުގައި އަޅުކަން ކުރާ ދުރްގާއަށް ހާއްސަކޮށްފައިވާ 108 މަންޒިލްގެ ތެރޭގައި ހިމެނޭ މުހިންމު ހިންދޫ ންގެ މުޤައްދަސް ތަނެކެވެ.

ހިންދުސްތާން ޓައިމްސްނޫހުން ރިޕޯޓްކުރާ ގޮތުގައި މިއީ އިންޑިއާގައި އަހަރަކު މިލިއަނެއްހާ އަޅުވެރިން ޒިޔާރަތްކުރާ، ފައްޅި ތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ޒިޔާރަތްކުރާ އެއް މަރުކަޒެވެ.

އެންޑީޓީވީއަށް މައުލޫމާތު ދެއްވި ވަޒީރަކު ވިދާޅުވީ، މި ހިތާމަވެރި ޙާދިސާ “އަމިއްލަ ފުޅަށް މޮނިޓަރ ކުރައްވަމުން ގެންދަވާ އަދި ބައްލަވަމުން ގެންދަވާނީ” ބޮޑުވަޒީރު ނަރެންދުރަ މޯދީ ކަމަށެވެ.

ފުލުހުންގެ އެޑިޝަނަލް ޑިރެކްޓާ ޖެނެރަލް މުކޭޝް ސިންހް ވިދާޅުވީ، ޒަޚަމްވި މީހުން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

މިހާދިސާ ހިނގާފައިވަނީ ޓްރިކުޓާ ހިލްސްގައި ހުންނަ މަޒްހަބުގެ މަޤުބަރާގެ ބޭރުގައެވެ. ޖައްމޫ އެންޑް ކަޝްމީރުގެ ލެފްޓިނެންޓް ގަވަރުނަރު މަނޯޖް ސިންހާ އެންޑީޓީވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ހާދިސާއާއި ގުޅިގެން މަތީ ފެންވަރުގެ ތަހްގީގެއް ހިންގުމަށް އަމުރު ކުރައްވާފައިވާ ކަމަށެވެ.

އޮފިޝަލުން ވިދާޅުވީ ރަސްމީ ފަރާތަކުން ހުއްދަ ނެތި އަޅުވެރިންގެ ބޮޑެތި ގްރޫޕްތައް “ބާވަން”އަށް ވަދެފައިވާ ކަމަށް ރިޕޯޓްތައް ބުނާ ކަމަށެވެ.

އެންޑީޓީވީއަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަންތައް ވަގުތުން ފެށި ކަމަށާއި ޒަޚަމްވި އެންމެން ވެސް ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާ ކަމަށެވެ. ބައެއް މީހުންގެ ހާލަތު ‘ސީރިއަސް’ ކަމަށް ބުނެފައި ވެއެވެ.

ޓެގް

އިންޑިއާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.