އެމްޑީޕީގެ ތަސައްވުރާއި އެއްގޮތަށް ކޮމަންޑޫ ދާއިރާއާއި ރާއްޖޭގެ ތަރައްޤީއަށްޓަކައި ރާޝިދަށް ވޯޓްދިނުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އެދިވަޑައިގެންފިއެވެ.
އަންނަ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑު ދާއިރާގެ ބައި-އިލެކްޝަންގައި 3 ކެނޑިޑޭޓަކު ވާދަކުރެއެވެ. އިދިކޮޅު ޕީޕީއެމްއާއި، އެމްއެންޕީގެ އިތުރުން ދެން މި އިންތިޚާބުގައި ވާދަކުރަނީ އެމްޑީޕީން ރާޝިދެވެ. އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ އަލްމަރުހޫމް ހުސެއިން ވަހީދު ކޮމަންޑޫ ދާއިރާއާއި، ރާއްޖެ ތަރައްޤީ ކުރެއްވުމަށް ފައްޓަވާފައިވާ މަސައްކަތް ނިންމަވާލައްވާނީ ރާޝިދު ކަމަށެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ އެޖެންޑާ-19 ކެނޑިޑޭޑަކީ ރާޝިދު. އެމްޑީޕީގެ ތަސައްވުރާއި އެއްގޮތަށް ކޮމަންޑޫ ދާއިރާއާއި ރާއްޖެ ތަރައްޤީއަށް އަލްމަރުހޫމް ހުސެއިން ވަހީދު ފައްޓަވާފައިވާ މަސައްކަތް ކޮށް ނިންމުމަށް ރާޝިދުއަށް ވޯޓު ދެއްވާ.
– ހަސަން ވިދާޅުވިއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ވާދަވެރި ވާނެކަމަށް ގަބޫލުކުރެވޭއިރު، މިހާތަނަށް އެންމެ އަޑު މަޑުކޮށް އުޅެނީ އެމްޑީޕީގެ ކެނޑިޑޭޓުގެ ހަރަކާތްތަކެވެ. އެހެން ޕާޓީތަކުން މިހާރު ކޮމަންޑޫ ދާއިރާގައި ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދާއިރު، އެމްޑީޕީން ބުނެފައިވަނީ އެޕާޓީގެ ހަރަކާތްތައް ރަސްމީކޮށް ފަށާނީ، ކެމްޕެއިން ލޯންޗިންއަށް ފަހުގައިކަމަށެވެ. ނަމަވެސް އަދި ކެމްޕެއިން ލޯންޗު ކުރުމަށް ހަމަޖެހިފައިވާ ވަކި ތާރީހެއް ހާމަކޮށްފައި ނުވެއެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެ، ބައި އިލެކްޝަނެއް ބާއްވަނީ އެ ދާއިރާ ތަމްސީލުކުރެއްވި އެމްޑީޕީގެ މެމްބަރު ޙުސެއިން ވަހީދު ކެންސަރު ބަލީގައި މިމަހުގެ 14 ވަނަދުވަހު ނިޔާވުމުންނެވެ. ކޮމަންޑޫ ދާއިރާގެ ގޮނޑީގެ ވާދަވެރިކަން ބޮޑުވެފައިވާއިރު ކުރިން އެ ދާއިރާ ތަމްސީލުކުރެއްވި ޙުސެއިން ވަހީދު އެ ގޮނޑި ކާމިޔާބުކުރެއްވީ 332 ވޯޓްގެ ތަފާތުންނެވެ. އެފަހަރު އޭނާއާއި އެންމެ ވާދަކުރީ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް ރަޝީދެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. އަދި އިލެކްޝަނުން ވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން މޮނިޓަރ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ހުޅުވާލާފައެވެ.
ކޮމަންޑޫއާއި ފޯކައިދޫ އަދި މަރޮށި ހިމެނޭ މި ދާއިރާގައި 3316 މީހުންނަށް ވޯޓްލުމުގެ ހައްޤު ލިބިގެންވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...