ޚަބަރު މާލެ ދަތުރުކުރަމުން ދިޔަ ދޯންޏެއް އަޑިޔަށް ދާތީ މީހުން ހޯދުމުގެ މަސައްކަތް ފަށައިފި

މާލެ ދަތުރުކުރަމުން ދިޔަ ދޯންޏެއް އަޑިޔަށް ދާތީ މީހުން ހޯދުމުގެ މަސައްކަތް ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފ. ފީއަލިކައިރިން ފުރައިގެން މާލެ ދަތުރުކުރަމުން އައި ދޯންޏެއް އަޑިޔަށް ދާތީ އެ ދޯންޏާއި އެ ދޯނީގައި ތިބި މީހުން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އަޑިޔަށް ދާކަމުގެ މައުލޫމާތު ލިބިފައިވަނީ “އަލަމާ-05″ ނަމަކަށް ކިޔާ ދޯންޏެއްކަމަށެވެ. އަދި މި ދޯނި އޮތީ ވ.ފުއްސަރުގެ ހުޅަނގު ދެކުނުން 4 ވަރަކަށް ނޯޓިކަލް މޭލުގައިކަމަށާއި މިހާދިސާގެ މަޢުލޫމާތު ލިބުނީ ރޭ 23:22 ހާއިރުކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މި ދޯނީގައި ދަތުރުކުރަމުން އައީ 3 މީހުންކަމަށާއި މިދޯނި ދަތުރު ކުރަމުން ދިޔައީ، ފ. ފީއަލީ ކައިރިން ފާނަ މަސްވެރިކަމުގައި އުޅޭ ދޯނިފަހަރުން ފާނަ ގަނެގެން މާލެއަށް ކަމަށް މަޢުލޫމާތު ލިބިފައިވާކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މި އުޅަނދާއި މީހުން ހޯދުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

ޓެގް

ފީއަލި އެމްއެންޑީއެފް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.