ބޭރުދުނިޔެ ބަނގްލަދޭޝްގެ ރޮހިންޖާ ކޭމްޕުގައި ރޯވެ އެތައް ހާސް ގެއެއް އަނދައިފި

ބަނގްލަދޭޝްގެ ރޮހިންޖާ ކޭމްޕުގައި ރޯވެ އެތައް ހާސް ގެއެއް އަނދައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ބަނގްލާދޭޝް: ކޮކްސް ބާޒާރުގެ އުހިޔާގައި ހުންނަ ރޮހިންޖާ ގެ ކޭމްޕެއްގައި އެތައް ހާސް ގެއަކާއި ތަންތަން އަނދައި ހުލިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ނަމަވެސް އާދީއްތަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި މިހާތަނަށް އެއްވެސް މީހަކު މަރުވިކަމުގެ ރިޕޯޓެއް އަދި ނުލިބެއެވެ. އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

ޕަލަންގްޚާލީ ޔޫނިއަންގެ ޝާފިއުالله ކާޓާ ސަރަހައްދުގައި ހުންނަ ރޮހިންޖާ ކޭމްޕް ނަމްބަރު 16 ގައި އަލިފާން ރޯވާން ފަށާފައިވަނީ ހަވީރު 5:30 ހާއިރު ކަމަށާއި، އަލިފާންގަނޑު ވަރަށް ބާރަށް ކައިރި ހިސާބުތަކަށް ފެތުރިފައިވާ ކަމަށް އެޑިޝަނަލް ރެފިއުޖީ އެންޑް ރިޕެޓްރިއޭޝަން ކޮމިޝަނަރު އެމްޑީ ޝަމްސޫދު ޑޫޒާ ނަޔާން ވިދާޅުވި އެވެ.

އަލިފާންގަނޑުތައް ނިއްވާލުމަށް ގަޑިއިރަކަށްވުރެ ގިނައިރު ހޭދަވި އިރު އެތާންގައި ހަރަކާތްތެރިވީ ހަތަރު ފަޔަރ އިންޖީނެވެ. މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ސަލާމަތީ ބާރުތަކުންނާއި، ވޮލަންޓިއަރުންވެސް ވަނީ ބައިވެރިވެފައެވެ.

ނަޔާން ވިދާޅުވީ އަލިފާނުގެ ސަބަބުން ރެފިއުޖީންގެ ގެތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެ ސަރަހައްދުގައި އެހީދޭ ގިނަ އޭޖެންސީތަކެއްގެ އޮފީސްތަކަށްވެސް އަލިފާނުގެ އަސަރުކޮށްފައިވާ ކަމަށެވެ.

“އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ މިރޭ 7:15 ހާއިރު. އަލިފާން އިތުރަށް ފެތުރުނަ ނުދިނުމަށް ފަޔާ ސާވިސް އިން ދަނީ މަސައްކަތް ކުރަމުން. އަދި ގެއްލުން ވީ މިންވަރު ވެސް އެމީހުން ކަނޑައަޅާނެ.”

“އަޅުގަނޑުމެން މި މަސައްކަތް ކުރަނީ [ޒަހަމްވީ މީހުންގެ އަދަދު ނުވަތަ މަރުވާ މީހުންގެ އަދަދު] ދެނެގަންނަން.” އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ މާޗް މަހުވެސް ރެފިއުޖީ ކޭމްޕުގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއެއްގައި އެތައް ހާސް ގެއެއް އަނދައި، 11 މީހަކު ވަނީ މަރުވެފަ އެވެ.

މި އަލިފާންގަނޑުގެ ސަބަބުން 9،300 އަށް ވުރެ ގިނަ އާއިލާގެ 45،000 އެއްހާ މީހުންގެ ގެދޮރު ހަލާކުވެފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ.

ފަސް ގަޑިއިރަށް ވުރެ ގިނަ އިރު ވަންދެން ހިނގި އަލިފާނުގެ ހާދިސާގައި ބަންގްލަދޭޝްގެ 200 އަށް ވުރެ ގިނަ ބިނާއަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

ޓެގް

ރޮހިންޖާ ބަނގްލާދޭޝް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.