ޚަބަރު ކޮމަންޑޫގައި ޓާރފް ފުޓްބޯޅަ ދަނޑެއް އެޅުމުގެ ޢަމަލީ މަސައްކަތްވެސް ފަށައިފި

ކޮމަންޑޫގައި ޓާރފް ފުޓްބޯޅަ ދަނޑެއް އެޅުމުގެ ޢަމަލީ މަސައްކަތްވެސް ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ށ.ކޮމަންޑޫގައި ފުރަތަމަ ފަހަރަށް ޓަރފް ފުޓުބޯޅަ ދަނޑެއް އެޅުމުގެ ޢަމަލީ މަސަކަތްވެސް މިހަފްތާގައި ސަރުކާރުން އެރަށުގައި ފައްޓަވައި ދެއްވައިފިއެވެ.

މިމަޝްރޫޢު އިފްތިތާޙް ކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް، އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙުމަދު މަޙުލޫފެވެ. މި ރަސްމިއްޔާތުގައި، ކޮމަންޑޫ ކައުންސިލްގެ ރައީސް މުޙައްމަދު ސިނާންއާއި، އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއާއި ޔ ތް މިނިސްޓްރީއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަސައްކަތުގައި ހިމެނެނީ، ށ. ކޮމަންޑ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް އެޅުމާއި ޓާރފް އެޅުމުގެ މަސައްކަތެވެ. މިއީ ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތެކެވެ. މުޖުތަމަޢުގެ ކަންކަމަށް ޙިއްޞާކުރުމުގެ ރޫހަކީ އެމްޓީސީސީ އުފެދުނީއްސުރެ ސަޤާފަތުގައި ހިމެނޭކަމެކެވެ.

އެމްޓީސީސީ ހަޔާތުގައި ވޭތުވެދިޔަ އަހަރުތަކުގައި، ތަފާތު ރޮނގުރޮނގުން އިޖްތިމާޢީ ޒިންމާ އަދާކޮށްދީފައިވާނެއެވެ. އެމްޓީސީސީގެ އަމާޒަކީ ކުންފުނިން ކުރިއަށްގެންދިޔަ އެހެނިހެން މަޝްރޫޢުތަކެކޭ އެއްފަދައިން މިއަދު އަމަލީ މަސައްކަތް އިފްތިތާޙް ކުރެވުނު މަޝްރޫޢުވެސް ކާމިޔާބު ކަމާއެކު ނިންމާލައި ސަރުކާރާ ވީއެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ހަވާލުކުރުންކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ޓެގް

ކޮމަންޑޫދާއިރާ ޓާރފްދަނޑު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.