ޚަބަރު ޗައިނާގައި އުފަންވާ ރޭޓް 2021 ވަނަ އަހަރު، ރެކޯޑް މިންވަރަކަށް ދަށަށް ހިނގައްޖެ

ޗައިނާގައި އުފަންވާ ރޭޓް 2021 ވަނަ އަހަރު، ރެކޯޑް މިންވަރަކަށް ދަށަށް ހިނގައްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ބެއިޖިން (ޖެނުއަރީ 17) – ޗައިނާގެ މެއިންލޭންޑް ގައި އުފަންވާ ކުދިންގެ ނިސްބަތް 2021 ވަނަ އަހަރު ރެކޯޑް މިންވަރަކަށް ދަށަށް ގޮސް، ކޮންމެ 1000 މީހަކަށް 7.52 އަށް ތިރިވެއްޖެ އެވެ.

ޗައިނާއިން 2016 ވަނަ އަހަރު އެއް ކުއްޖަކު ގެންގުޅުމުގެ ސިޔާސަތު އުވާލައި، އޭގެ ބަދަލުގައި ދެ ކުދިންގެ ލިމިޓެއް އެކުލަވާލައި، ހަލުވިދުވެއްޔެއްގައި މުސްކުޅިވަމުންދާ އާބާދީއަކުން އިގުތިސޯދީ ނުރައްކާތަކުން ސަލާމަތްވުމަށް މަސައްކަތް ކުރި ނަމަވެސް، އުމްރާނީ ދިރިއުޅުމުގެ އަގު ބޮޑުވުމުގެ ސަބަބުން ދެމަފިރިންނަށް އިތުރު ދަރިން ލިބުމަށް ވަނީ ހުރަސް އެޅިފަ އެވެ.

އުފަންވާ ރޭޓް އެންމެ ދަށްވީ 1949 ވަނަ އަހަރުގެ ފަހުން ސްޓެޓިސްޓިކްސް ބިއުރޯއިން ޑޭޓާ އެއްކުރަން ފެށި ހިސާބުންނެވެ.

ހިޖުރަކުރުން ނުހިމެނޭ ޗައިނާގެ އާބާދީގެ ގުދުރަތީ ކުރިއެރުމުގެ ނިސްބަތް 2021 ވަނަ އަހަރަށް ހުރީ އެންމެ 0.034 އިންސައްތައިގައި ކަމަށާއި، މިއީ 1960 ވަނަ އަހަރުގެ ފަހުން އެ ނިސްބަތް އެންމެ ދަށް ވި އަހަރު ކަމަށް ޑޭޓާތަކުން ދައްކައެވެ.

ޕިންޕޮއިންޓް އެސެޓް މެނޭޖްމަންޓްގެ ޗީފް އިކޮނޮމިސްޓް ޒިވޭ ޒަންގް ވިދާޅުވީ، ޑިމޮގްރަފިކް ޗެލެންޖަކީ ވަރަށް ރަނގަޅަށް އެނގޭ ޗެލެންޖެއް ކަމަށާއި، ނަމަވެސް އާބާދީ މުސްކުޅިވުމުގެ ސްޕީޑް ހީކުރި ވަރަށްވުރެ ހަލުވިކަން ސާފުކޮށް އެނގޭ ކަމަށެވެ.

“މިކަމުން އަންގައިދެނީ 2021 ވަނަ އަހަރު ޗައިނާގެ ޖުމުލަ އާބާދީ އެންމެ މައްޗަށް ގޮސްފައި ވުން އެކަށީގެންވާކަން. އަދި މިކަމުން ވެސް ދައްކުވައިދެނީ ޗައިނާގެ ޕޮޓެންޝަލް ގްރޯތް ހީކުރި ވަރަށް ވުރެ ބާރަށް މަޑުޖެހުމުގެ ފުރުސަތު ބޮޑުކަން،” ޒަންގް ވިދާޅުވި އެވެ.

2021 ވަނަ އަހަރު 10.62 މިލިއަން ކުދިން އުފަންވި އިރު، 2020 ވަނަ އަހަރު 12 މިލިއަން ކުދިން އުފަންވި ކަމަށް ޑޭޓާތަކުން ދައްކައެވެ.

2020 ވަނަ އަހަރު އުފަންވާ ރޭޓަކީ ކޮންމެ 1000 މީހަކަށް 8.52 އުފަންވި ރޭޓޭވެ.

ޓެގް

ޗައިނާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.