ބޭރުދުނިޔެ ވަޓްސްއެޕްގައި ރަސޫލާއަށް ފުރައްސާރަކުރި ޕާކިސްތާނު އަންހެނަކު މަރަން ހުކުމްކޮށްފި

ވަޓްސްއެޕްގައި ރަސޫލާއަށް ފުރައްސާރަކުރި ޕާކިސްތާނު އަންހެނަކު މަރަން ހުކުމްކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ވަޓްސްއެޕްގައި ކީރިތި ރަސޫލާ (ސޢވ) އަށް ބަދުބަސްބުނެ އިސްލާމް ދީނަށް ފުރައްސާރަކުރި ޕާކިސްތާނު އަންހެނަކު މެރުމަށް ޕާކިސްތާނުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

ޕާކިސްތާނުގެ ކޯޓަކުން އަންހެނަކު މެރުމަށް ހުކުމް ކުރީ، އޭނާއާ ވަކިވެގެން ދިޔަ ރަހުމަތްތެރިޔާއަށް ‘ދީނަށް ފުރައްސާރަކުރާ މެސެޖުތަކެއް’ ފޮނުވި ކަމަށް ބުނެ އެވެ.

ރާވަލްޕިންޑީގެ ކޯޓަކުން ބުދަ ދުވަހު “އަނިކާ އަޓިކޭ” ނަމަކަށް ކިޔާ އެ އަންހެން މީހާ ގެ މައްޗަށް ކުށް ސާބިތުވީ 2020 ވަނަ އަހަރު “ފާރޫގު ހަސަނު” ކިޔާ މީހެއް ގެ ފަރާތުން އޭނާގެ މައްޗަށް ދައުވާ އުފުލުމުންނެވެ.

އަނިކާ އަޓިކޭގެ މައްޗަށް ދައުވާ އުފުލީ ކީރިތި ރަސޫލާއަށް ބަދުބަސް ބުނުމާއި އިސްލާމް ދީނަށް ފުރައްސާރަ ކުރުމާއި ސައިބާ ކްރައިމް ގާނޫނާ ހިލާފުވުމުގެ ކުށުގައި ކަމަށް ޕީޓީއައި ނޫހުން ބުދަ ދުވަހު ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުން އަނިކާ އާއި ފާރޫގަކީ ދެ ރަހުމަތްތެރިން ނަމަވެސް އެންމެ ފަހުން އެ ދެ މީހުންގެ މެދުގައި ޚިޔާލު ތަފާތުވުންތައް އުފެދި، އޭގެ ފަހުން އަނިކާ ވަނީ ވަޓްސްއެޕްގައި އޭނާއަށް ނުބައި މެސެޖުތަކެއް ފޮނުވާފަ އެވެ.

ދަ ގާޑިއަން ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ތުހުމަތު ކުރާ މީހާ ތުހުމަތު ކުރާ ގޮތުގައި އަނިކާ ވަނީ އޭނާއަށް ކީރިތި ރަސޫލުބޭކަލުންގެ ކާޓޫނުތައް ފޮނުވައި ވަޓްސްއެޕްގައި “ހޮލީ ޕާސަނަލިޓީސް” އާ ބެހޭ ގޮތުން ވާހަކަ ތަކެއް ދައްކާފައެވެ.

އަދި އޭނާގެ ފޭސްބުކް އެކައުންޓް ބޭނުން ކޮށްގެން ބަދުއަހުލާގީ މަންޒަރުތައް އެހެން އެކައުންޓްތަކަށް ފޮނުއްވުމުގެ ތުހުމަތު ވެސް ކުރެ އެވެ.

އަނިކާ “ގަސްދުގައި މާތް ވެގެންވާ ރިވެތި ޝަހުސިއްޔަތުތައް ނިކަމެތިކޮށް، މުސްލިމުންގެ ދީނީ ގަބޫލުކުރުންތަކަށް އިހާނެތިކޮށް ހިތާ” ކަމަށް ދައުވާ ގައި ބުނެފައި ވެއެވެ.

ފަހުން އަނިކާވަނީ އެ މެސެޖުތައް ޑިލީޓްކޮށް އޭނާގެ އެޢަމަލަށް ފާރޫގު ކިބައިން މައާފަށް އެދޭ ކަމަށް ބުނެފައެވެ.  ނަމަވެސް ފާރޫޤުވަނީ އެކަމާ ދެކޮޅު ހަދާފަ އެވެ.

ދީނަށް ފުރައްސާރަކޮށް ރަސޫލާއަށް ބަދުބަސްބުނާމީހުންނަށް ޕާކިސްތާނުގައި މީގެކުރިންވެސްވަނީ މިފަދަ ހަރުކަށި އަދަބުދީފައެވެ.

ޓެގް

ޕާކިސްތާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.