ޚަބަރު ކޮވިޑް-19: މާލެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު 1300 އިން މައްޗަށް

ކޮވިޑް-19: މާލެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު 1300 އިން މައްޗަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މުޅިރާއްޖެއިން 2199 މީހުން ކޮވިޑަށް ފައްސިވެއްޖެއެވެ.

އެޗް.ޕީ.އޭ އިން ހާމަކުރި މަޢުލޫމާތު ތަކަށް ބަލާއިރު ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ 6598 ސާންޕަލް ނަގާފައިވާއިރު އޭގެތެރެއިން 2199 މީހުން ވަނީ ކޮވިޑް 19 އަށް ފައްސިވެފައެވެ.

އެއީ މާލެއިން 1348 މީހުންނާއި ރަށްރަށުން 531 މީހުންނާއި ރިސޯޓްތަކުން 83 މީހުންނެވެ. މި ޢަދަދު ތަކާއިއެކު އެކްޓިވް ކޭސްތަކުގެ ޢަދަދުވަނީ 10،537 ށް އަރާފައެވެ. އަދި ރާއްޖެއިން ކޮވިޑް ޖެހުން މީހުން ޢަދަދު މިވަނީ 110،931 ށް އަރާފައެވެ.

ކޮވިޑް ބަލީގައި މިއަދު ރާއްޖެއިން 4 މީހުން ނިޔާވެފައިވާއިރު މިހާރުސް ހޮސްޕިޓަލުގައި ހާލުދެރަ 7 މީހަކަށް ފަރުވާދެމުންދާކަމަށް މަޢުލޫމާތު ލިބެއެވެ. އަދި މިބަލީގައި މިހާރުވެސް 43 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އެބަދެއެވެ.

ޓެގް

ކޮވިޑް-19

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.