ބޭރުދުނިޔެ 30 އަހަރަށްފަހު ސައުދީ ވަލީއަހުދު ތައިލޭންޑުގެ ބޮޑުވަޒީރާއި ބައްދަލުކުރައްވައިފި

30 އަހަރަށްފަހު ސައުދީ ވަލީއަހުދު ތައިލޭންޑުގެ ބޮޑުވަޒީރާއި ބައްދަލުކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

30 އަހަރަށްފަހު ސައުދީ ވަލީއަހުދު ތައިލޭންޑުގެ ބޮޑުވަޒީރާއި ރިޔާދުގައި ބައްދަލުކުރައްވައިފިއެވެ.

ސައުދީ އަރަބިއާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ތައިލެންޑްގެ ބޮޑުވަޒީރު ޕްރަޔުތު ޗަން-އޯ-ޗާއާ އަންގާރަ ދުވަހު ރިޔާދުގައި ބައްދަލު ކުރައްވައި، ރަސްމީ މަޝްވަރާތައް ކުރިއަށްގެންދެވިއެވެ.

މި ބައްދަލުވުމުގެ މައުލޫމާތު ތައް މީޑިއާއަށް ތިލަވީ ސަޢޫދީ ވަލީއަޙުދު ގެ ފަރާތްޕުޅުން އެވާހަކަތައް ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވުޒާރާ (އެމް.އޯ.އެފް.އޭ) ޓްވިޓަރގައި ޙިއްޞާކުރެއްވުމުންނެވެ.

އެމްއޯއެފްއޭއިން ބުނީ ދެ ލީޑަރުން “ދެ ގައުމުގެ އާންމު މަސްލަހަތު ތައް ހާސިލް ކުރުމަށް ގިނަ މައްސަލަތަކެއްގައި ޚިޔާލު ބަދަލުކޮށް، މަޝްވަރާ ބަދަލުކުރެއްވި” ކަމަށެވެ.

ތައިލެންޑްގެ ޚާރިޖީ ވުޒާރާއިން ބުނީ ދެ ދުވަހުގެ މި ދަތުރުފުޅަކީ ސަޢޫދީ ޢަރަބިއްޔާގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށާއި، މިއީ “30 އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށް ޓަކައި ސަރުކާރުގެ ފެންވަރުގެ ފުރަތަމަ ދަތުރުފުޅު” ކަމަށެވެ.

ތައިލެންޑާއެކު އޮންނަ ޑިޕްލޮމެޓިކް ގުޅުން ސައުދީއަރަބިއްޔާއިން ދަށްކުރީ، މީގެ 30 އަހަރަށްވުރެ ގިނަ ދުވަސް ކުރިން ބްލޫ ޑައިމަންޑް ގެ ނަމުގައި ހިންގި ވައްކަމުގެ މައްސަލައާ ގުޅިގެންނެވެ.

ޓެގް

ތައިލެންޑް ސައޫދީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.