ޚަބަރު ފޯކައިދޫގެ ބަނދަރުގެ ބޮޑުބައެއް ނިމިއްޖެ

ފޯކައިދޫގެ ބަނދަރުގެ ބޮޑުބައެއް ނިމިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


ށ.ފޯކައިދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމާލެވިއްޖެކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން ބުނީ، ށ. ފޯކައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 56 ޕަސެންޓް ނިމިފައިވާކަމަށެވެ. އަދި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް މިމަހުގެ 25ގައި ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިކަމަށް އެމްޓީސީސީން ބުންޏެވެ.

އާބާދީގައި ގާތްގަނޑަކަށް 1700އެއްހާ މީހުން ދިރިއުޅޭ ށ.ފޯކައިދޫގެ ބަނދަރު އަލުން ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާއި ޙަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރުމަހުގައެވެ. 16 މަސް ދުވަހުގެތެރޭގައި މަސައްކަތް ނިންމުމަށް ޙަވާލުކުރިނަމަވެސް ކޯވިޑް-19އާއި ގުޅިގެން މަސައްކަތްވަނީ ކޮންމެވެސްވަރެއްގެ ހުއްޓުމެއް އައިސްފައެވެ.

މިއީ 52.7 މިލިއަން ދިވެރި ރުފިޔާގެ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ދަށުން ބަނދަރުގެ ބޭރުތޮށިލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓްވެސް މިހާރުވަނީ އެރަށަށް ގެންގޮސްފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ބަނދަރުގެ މަސައްކަތް އެއްކޮށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެމްޓީސީސީން ބުންޏެވެ.

ޓެގް

ފޯކައިދޫ އެމްޓީސީސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.