ދީން ނިދަންލީ ހެދުމާއިއެކު ނަމާދު ކުރެވިދާނެތޯ ؟

ނިދަންލީ ހެދުމާއިއެކު ނަމާދު ކުރެވިދާނެތޯ ؟

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ސުވާލު: ނިދަންލީ ހެދުމާއިއެކު ނަމާދު ކުރެވިދާނެތޯ ؟ އަދި އެ ނަމާދަށް އޭގެ ސަބަބުން އެއްވެސް އުނިކަމެއް އަންނާނެތޯ؟

ޖަވާބު:

الحمد لله رب العالمين، وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين. أما بعد:

ނަޖިހެއް ނުޖެހޭހާ ހިނދަކު ހެދުމަކީ ޠާހިރު އެއްޗެކެވެ. އެހެންކަމުން ނިދާ ހެދުމަކީވެސް އޭގައި ނަޖިހެއް ނުޖެހޭހާ ހިނދަކު ޠާހިރު އެއްޗެކެވެ.

ޝައިޚް އިބްނު ޢުޘައިމީން ވިދާޅުވެފައިވެއެވެ. ” މީހަކު ނުވަތަ ބަޔަކު ލައިގެން ހުންނަ ހެދުމުގައި ނަޖިހެއް ނުހޭކޭހާ ހިނދަކު އެވާނީ ޠާހިރު އެއްޗަކަށެވެ. ރަސޫލޫﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅުން މިކަމަށްބާރު ލިބެއެވެ. މީހަކު އައިސް އޭނާ ނަމާދަށް ހުއްޓާ ވައެއް ބޭރުވި ވާހަކަ ދެންނެވިހިނދު، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “ނަމާދު ކުރުން ހުއްޓާ ނުލާށެވެ. އެއީ އެކަމުން ތިބާއަށް އަޑެއް ނުވަތަ ވަހެއް ނުދުވާހާ ހިނދަކުއެވެ.” އެހެންކަމުން އޭނާއަށް ބުނެވިދިޔަ ކަންކަމުގެ ތެރެއިންކަމެއް ޔަޤީން ނުވާހާ ހިނދަކު އެވަނީ ޠާހިރުކަން މަތީގައެވެ.

(މަޖްމޫޢު ފަތާވާ އިބްނު އުޘައިމީން 107/11)

ނިދަންލީ ހެދުމުގައި ނަޖިހެއް ނުޖެހޭހާ ހިނދަކު އަދި ނިދަންލީ ހެދުމަކީ ޢައުރަ ނިވާވާފަދަ ހެދުމަކަށްވާނަމަ، އެ ހެދުމެއްގައި ނަމާދު ކުރުމަކީ ހުއްދަ ކަމެކެވެ.

އެހެންނަމަވެސް ނަމާދުކުރުމަށްޓަކައި ސާފުޠާހިރުވެ ރީތި ހެދުމެއްގައި ނަމާދު ކުރުމަކީ އިސްލާމްދީން ވަރަށްބޮޑަށް ބާރު އަޅާކަމެކެވެ. މިކަމަށް ޢިޝާރާތް ކުރައްވާ ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވެއެވެ.

يَا بَنِي آدَمَ خُذُوا زِينَتَكُمْ عِندَ كُلِّ مَسْجِدٍ وَكُلُوا وَاشْرَبُوا وَلَا تُسْرِفُوا ۚ إِنَّهُ لَا يُحِبُّ الْمُسْرِفِينَ ‎﴿٣١﴾

މާނައީ ” އޭ آدم ގެދަރިންނޭވެ! ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ! އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި إسراف ނުކުރާށެވެ! ހަމަކަށަވަރުން، إسراف ކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ. “

ޝައިޚް އިބްނު އުޘައިމީން (ރަޙިމަހުﷲ) އަށް ނިދާހެދުމުގައި ނަމާދު ކުރުމާއި އަދި ނިދާހެދުމުގައި މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުމާއިބެހޭ ގޮތުން ސުވާލު ކުރުމުން ޖަވާބުގައި ވިދާޅުވިއެވެ. ” ނިދާހެދުމުގައި ނަޖިހެއް ހޭކިފައި ނެތްހާ ހިނދަކު ނިދާ ހެދުމުގައި ނަމާދު ކުރުމަކުން މައްސަލައެއް ނެތެވެ. އަދި މީހުން އެއްވެ އުޅޭ ތަންތަނަށާއި މިސްކިތަށް އެ ހެދުމުގައި ދިއުމަކުންވެސް އެކަމުގައި މައްސަލައެއް ނެތެވެ. އަދި އެހެން މީސްތަކުންގެ ޚާއްޞަ ސަމާލުކަމެއް އޭނާ އަޅައިގެންހުރި ހެދުމަށް ދެވި، އެމީހުންގެ ފަރާތުން ނޭދެވޭ ބަސްތައް ލިބިގެންދާނަމަ އެކަން ނުކުރުން އެދެވިގެންވެއެވެ.

(މަޖުމޫޢު ފަތާވާ އިބްނު އުޘައިމީން 326/12)

މިއީ އިސްލާމް.ކިއު އޭގައިވާ ސުވާލާއި ޖަވާބެއްގެ ދިވެހި ތަރުޖަމާއެވެ.

މި ލިޔުމުގެ އަޞްލު ބެލުމަށް

ޓެގް

ސުވާލާއި ޖަވާބު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.