ފަތުރުވެރިންތަކެއްގެ އަތުން އޮޅުވާލައިގެން ހޯދި ހާހަކަށްވުރެ ގިނަ ޑޮލަރު ފުލުހުން ހޯދައިފިއެވެ.
ފުލުހުން މިއަދު ބުނީ މި މަހުގެ 06 ވަނަ ދުވަހު ރާއްޖެއައި ފަތުރުވެރިންތަކެއް ސަފާރީއަަކަށް ގެންގޮސްދޭނެ ކަމަށް ބުނެ, އެ މީހުންގެ އަތުން ފައިސާތަކެއް އަތުލާފައިވާކަމުގެ މައްސަލައެއް އދ.ދަނގެތީ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ކަމަށެވެ. އެ މައްސަލަ ހުށަހެޅީ މި މަހުގެ 12 ވަނަ ދުވަހުކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ދަނގެތީ ޕޮލިސް ސްޓޭޝަނާއި, ކ.ގުޅީ ޕޮލިސް ޑެސްކު ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި އިއްޔެ އެ ފައިސާތައް ހޯދާފައިވާ ކަމަށެވެ.
ފައިސާތައް ހޯދާފައިވަނީ ފަތުރުވެރިން ސަފާރީއަކަށް ގެންގޮސްދޭނެ ކަމަށް ބުނި މީހާގެ އެކައުންޓަށް ޓްރާންސްފާކޮށްފައިވަނިކޮށް ކަމަށް ވެސް ފުލުހުން ބުންޏެވެ. އޮޅުވާލައިގެން ޓްރާންސްފާކޮށްފައިވަނީ 1050 ޑޮލަރުކަމަށާއި, އެ ފައިސާ ހޯދައި އޭގެ ވެރިފަރާތާއި ހަވާލުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ. އަދި މި މައްސަލަ ދަނގެތީ ޕޮލިސް ސްޓޭޝަނުން ތަޙްޤީޤު ކުރަމުންދާ ކަމަށެވެ
ކޮމެންޓް (0)
ލޯޑް ކުރަމުން...