އިރުމަތީ ޔޫކްރެއިންގެ ދެ ސަރަހައްދެއް ރަޝިޔާއިން ބަލައިގަތުމާއި އޭގެ ގަޑިއިރުތަކެއް ފަހުން “ސުލްހަ ދެމެހެއްޓުމަށް” ރަޝިޔާއިން އެތަނަށް ސިފައިން ފޮނުވާނެ ކަމަށް ބުނުމުން އދގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
އެމެރިކާއިން ބުނީ ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ގެ މި އިޢުލާނަކީ “ޔޫކްރެއިންގެ ސިޔާދަތާއި ސަރަޙައްދީ މިނިވަންކަމަށް އެއްވެސް އަސްލެއްނެތް ގޮތެއްގައި އަރައިގަތުން” ކަމަށާއި އދގެ ސަލާމަތީ މަޖިލީހުގެ އަވަސް ބައްދަލުވުމަކަށް ޔޫކްރެއިން އިން ގޮވާލި ގޮވާލުމަށް ތާޢީދުކުރާ ކަމަށެވެ.
މި ބައްދަލުވުން އޮންނާނީ ޖީއެމްޓީ ގަޑިން މެންދަމު 02:00 ގައި ކަމަށާއި، މި ބައްދަލުވުމަކީ ބަންދުކުރެވިފައިވާ ދޮރުތަކުގެ ބަދަލުގައި ހުޅުވާލެވިފައިވާ ބައްދަލުވުމަކަށް ވާނެ ކަމަށް ބެލެވެއެވެ.
ޑޮނޭޓްސްކް އާއި ލުހަންސްކްގައި ވަކިވެގަތުމަށް މަސައްކަތްކުރާ ސަރަހައްދުތައް ރަސްމީކޮށް ބަލައި ނުގަތުމަށާއި، ހަތަރު މިލިއަނެއްހާ މީހުން ދިރިއުޅޭ ކަމަށް ބެލެވޭ ސަރަހައްދެއްގައި ނާޒުކު ‘މިންސްކް’ ސުލްހައިގެ އެއްބަސްވުމަށް އުނިކަން އަންނަ ގޮތަށް ހުޅަނގުގެ ގައުމުތަކުން ރަޝިޔާއަށް ތަކުރާރުކޮށް އިންޒާރު ކުރަމުން ދެއެވެ.
ރަޝިޔާއިން ޔޫކްރެއިންގެ ބޯޑަރު ވަށައިގެން އެގައުމުގެ ފައުޖުތައް ޖަމާކުރަމުންދާތާ ހަފްތާތަކެއް ވެފައިވާއިރު، ރަޝިޔާއިން ވަނީ ޔޫކްރެއިންގެ ބޯޑަރު ހުރަސްކޮށް ޔޫކްރެއިންއަށް އަރައިފޭބުމަށް ރާވަމުންދާ ކަމަށް ބުނެ އެމެރިކާއާއި ހުޅަނގުގެ އެހެން ސަރުކާރުތަކުގެ މެދުގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.
މޮސްކޯއިން ވަނީ އެކަން ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ބުނެފަ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...