ބޭރުދުނިޔެ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ފެށުމުގެ ކުރިން ބޮން އެޅުން ހުއްޓާލާ: ޔޫކްރެއިންގެ ރައީސް

ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ފެށުމުގެ ކުރިން ބޮން އެޅުން ހުއްޓާލާ: ޔޫކްރެއިންގެ ރައީސް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ފެށުމުގެ ކުރިން ބޮން އެޅުން ހުއްޓާލުމަށް ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ރަޝިޔާއަށް ގޮވާލައްވައިފިއެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އަންގާރަ ދުވަހު ވިދާޅުވީ، ރަޝިޔާއިން ޔޫކްރެއިންގެ ސިޓީތަކަށް ބޮން އެޅުން ހުއްޓާލަން ޖެހޭ ކަމަށާއި، މި ހަފްތާގެ ތެރޭގައި ބާއްވާ މަޝްވަރާތަކުގެ ފުރަތަމަ ބުރުގެ މަޝްވަރާތަކަށް ކުޑަ ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.

ވަރަށް ބޮޑަށް ރައްކާތެރިކޮށްފައިވާ ސަރުކާރުގެ ކޮމްޕައުންޑެއްގައި ދެއްވި ބަސްދީގަތުމެއްގައި ޒެލެންސްކީ ވަނީ ރަޝިޔާގެ ވައިގެ އަސްކަރިއްޔާ ހުއްޓުވަން ނޭޓޯގެ މެމްބަރުންނަށް އުދުހުން މަނާ ސަރަހައްދެއް ކަނޑައެޅުމަށް އިލްތިމާސްކުރައްވައި، މިއީ ޕްރިވެންޓިވް ފިޔަވަޅަކަށް ވާނެ ކަމަށާއި، މިއީ ރަޝިޔާއާއެކު އޮންނަ އެލަޔަންސް ހަނގުރާމައިގެ ތެރެއަށް ދަމައިގަތުމުގެ ނިޔަތުގައި އަޅާ ފިޔަވަޅެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ރަޝިޔާގެ ފައުޖުތައް ކުރިއަރަމުން އަންނަ ވަރަކަށް ޔޫކްރެއިންގެ ވެރިރަށް ދޫކޮށް ދިއުމަށް ހުށަހެޅުއްވި ހުށަހެޅުންތަކަށް ދެކޮޅު ހައްދަވަމުން ޒެލެންސްކީ ވެސް ވިދާޅުވީ، ނޭޓޯއިން ޔޫކްރެއިންގެ މެމްބަރޝިޕް ޕްރޮސްޕެކްޓަސްއަށް ދޮރު ބަންދުކޮށްފިނަމަ ޔޫކްރެއިންއިން ގާނޫނީ ގޮތުން ލާޒިމްކުރާ ސަލާމަތީ ގެރެންޓީތަކަށް ޑިމާންޑް ކުރާނެ ކަމަށެވެ.

ރަޝިއާއާ އެކު އިތުރު މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް އޭނާގެ ޝަރުތުތައް ކަނޑައަޅުއްވަމުން ޒެލެންސްކީ ރޮއިޓާސް އާއި ސީއެންއެން އަށް ދެއްވި ޖޮއިންޓް އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ” މަޝްވަރާގެ މޭޒުދޮށުގައި އިށީނުމުގެ ކުރިން ބޮންއެޅުން ހުއްޓާލަން ޖެހޭ” ކަމަށެވެ.

ޔޫކްރެއިންގެ ވެރިރަށުގައި ހުރި ޔޫކްރެއިންގެ ޓީވީ ޓަވަރެއްގައި ރަޝިޔާގެ މިސައިލެއް ޖެހިފައިވާ ކަމުގެ ޚަބަރުތަކެއް ވެސް ވަނީ ފެންމަތިވެފައެވެ. މީގެ ކުރިން އަންގާރަ ދުވަހު ވެސް މިސައިލްތަކެއް ވަނީ އިރުމަތީ ސިޓީއެއް ކަމަށްވާ ޚަރްކިވްގެ ސަރަޙައްދުތަކަށް އަމާޒުކޮށް ގޮއްވާލައިފަ އެވެ.

ޔޫކްރެއިންއަށް ނޭޓޯގެ މެމްބަރުންގެ ފަރާތުން ހަތިޔާރުގެ ޝިޕްމަންޓްތައް ލިބިފައިވާއިރު، މިދިޔަ ހަފްތާގައި ރަޝިޔާ ސިފައިން ދިން އަސްކަރީ ހަމަލާގެ ދިފާޢުގައި ކުރާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން ހުޅަނގުން ވަނީ ރަޝިޔާގެ އިގުތިސޯދާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައްވެސް ތައާރަފުކޮށްފައެވެ.

ނަމަވެސް ޒެލެންސްކީ ވަނީ ބައިނަލްއަގްވާމީ މުޖުތަމައަށް އިތުރު މަސައްކަތްތަކެއް ކުރުމަށް ބާރު އަޅުއްވައި، އުދުހުން މަނާ ސަރަހައްދެއް ކަނޑައެޅުން ވެސް ހިމެނޭ ކަމަށް ވިދާޅުވެފަ އެވެ. އެހެން ނަމަވެސް، އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެފައި ވަނީ، މިވަގުތަކީ މިފަދަ ފިޔަވަޅެއް ތައާރަފު ކުރަންވީ ވަގުތު ނޫން ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.