ބޭރުދުނިޔެ ނޯފްލައި ޒޯނެއް ޤާއިމް ކޮށްދިނުމަށް ޒެލެންސްކީ އަނެއްކާވެސް ގޮވާލައްވައިފި

ނޯފްލައި ޒޯނެއް ޤާއިމް ކޮށްދިނުމަށް ޒެލެންސްކީ އަނެއްކާވެސް ގޮވާލައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
  • ޔޫކްރެއިންގެ ރައީސް ވަނީ ބައިނަލްއަގްވާމީ ތާއީދު ހޯދުމަށް ވަރަށް ބޮޑަށް އިލްތިމާސް ކުރައްވާފައެވެ. އަދި އެކަމަށް “އިޖާބަ ދިނުމަކީ ދުނިޔޭގެ ވާޖިބެއް” ކަމަށް ވިދާޅުވެފަ އެވެ.
  • ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ މިފަދަ ފިޔަވަޅެއް ނާޅައި “އިންސާނީ ކާރިސާއެއް” ކުރިމަތިވެދާނެ ކަމުގެ އިންޒާރު ދީ، ޔޫކްރެއިންގެ މައްޗަށް އުދުހުން މަނާ ސަރަހައްދެއް ކަނޑައެޅުމަށް ކިޔޭވްގެ އެކުވެރިންނަށް ގޮވާލާ ގޮވާލުން ތަކުރާރު ކުރައްވާފައެވެ.
  • ޗެރުނޮބީލް ނިއުކްލިއަރ ޕަވަރ ޕްލާންޓްގެ ވަށައިގެން ވަގުތުން ވަގުތަށް ހަނގުރާމަ ހުއްޓާލުމަށް ޒެލެންސްކީ ގޮވާލެއްވީ، އެ ތަނުން ކަރަންޓް ކެނޑިފައިވާ ދަނޑިވަޅެއްގައެވެ.
  • ޔޫކްރެއިންއިން ބުނެފައިވަނީ، ހިސާރުކޮށްފައިވާ ދެކުނު އިރުމަތީ ބަނދަރު ސިޓީ މަރިއުޕޯލް ހިމެނޭ ގޮތަށް އިންސާނީ އެހީގެ ހަ ކޮރިޑޯއެއް މެދުވެރިކޮށް އާންމުން ހުސްކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
  • މީހުން ސަލާމަތުގެ އައްސޭރިއަށް ގެންދިއުމުގެ ފުރުސަތު ދިނުމުގެ ގޮތުން ރަޝިޔާއިން ވަގުތު ދޭނެ ކަމަށް ވައުދުވެއްޖެއެވެ.
  • މޮސްކޯއިން ބުނީ ޔޫކްރެއިންގެ އޮފިޝަލުންނާއެކު ކުރިއަށް ގެންދިޔަ ތިން ބުރުގެ މަޝްވަރާތަކުގައި “ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބިފައިވާ” ކަމަށެވެ.

ޓެގް

ުޔޫކްރެއިން ހަނގުރާމަ ޔުކްރެއިން ރަޝިއާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.