ބޭރުދުނިޔެ މިހަނގުރާމައިން އަހަރެމެން މޮޅުވާނެ، ކަލޭމެންނަށް އެކަން އިޙްސާސްކުރެވޭނެ: ޒެލެންސްކީ

މިހަނގުރާމައިން އަހަރެމެން މޮޅުވާނެ، ކަލޭމެންނަށް އެކަން އިޙްސާސްކުރެވޭނެ: ޒެލެންސްކީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރަޝިއާ – ޔޫކްރެއިން ހަނގުރާމައިން ޔޫކްރެއިން މޮޅުވާނެ ކަމަށާއި، ހަނގުރާމަ ނިމުމުގެ ކުރިން އެކަން ރަޝިއާއަށް އިހްސާސް ކުރެވޭނެ ކަމަށް ކޯފާއިސްކުރައްވާ ނެރުއްވި ވީޑިއޯ ސްޓޭޓްމަންޓުގައި ޔުކްރެއިންގެ ރައީސް  ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އާދީއްތަ ދުވަހު (މާޗް 13) ވީޑިއޯ ސްޓޭޓްމަންޓެއް ނެރުއްވިއިރު، މިއީ ރަޝިއާ ސިފައިން އެ ގައުމަށް އެރިތާ 18 ވަނަ ދުވަހެވެ.

ޔަވޮރިވް އިންޓަނޭޝަނަލް ސެންޓަރ ފޮރ ޕީސްކީޕިންގ އެންޑް ސެކިއުރިޓީއަށް އާދީއްތަ ދުވަހު، ރަޝިޔާއިން ދިން ވައިގެ ހަމަލާގައި 35 މީހުން މަރުވެފައިވާއިރު، ޒެލެންސްކީ ވިދާޅުވީ އެދުވަސްވެސް ފެށުނީ އަނދިރި ކޮށް ކަމަށެވެ.

ޒެލެންސްކީ ވަނީ ޔޫކްރެއިންގެ މައްޗަށް އުދުހުން މަނާ ސަރަހައްދެއް ތަންފީޒު ކުރުމަށް ނޭޓޯއަށް ގޮވާލާ ގޮވާލުން އަނެއްކާވެސް ތަކުރާރު ކޮށްފައެވެ.

އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހުޅަނގު ޔޫކްރެއިންއަށް ދިން ވައިގެ ހަމަލާއާއި،ގުޅިގެން އެގައުމުގެ އެކި ސިޓީތަކުން އެތައްހާސް އާންމުން ހުސްކުރި ނަމަވެސް، ޒެލެންސްކީގެ މެސެޖުގައި ވިދާޅުވީ ހަތިޔާރު ނުބަހައްޓާނެކަމަށެވެ.

“ޔޫކްރެއިން ގެ ރައްޔިތުން ތިބީ އެއްބައިވަންތަކަމާއެކު، އެކަމަށް ޝުކުރު އަދާކޮށް ކާމިޔާބު ހޯދާނަން. އަހަރެމެންނަށް އަބަދުވެސް އަމިއްލަ ރައްޔިތުންގެ މައްޗަށް ބަރޯސާ ވެވިދާނެ،” އާދީއްތަ ދުވަހު ކިޔޭވްގެ ޗެކްޕޮއިންޓަކަށް ކުރެއްވި ޒިޔާރަތަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވި އެވެ.

ޔޫކްރެއިންގެ ރައީސް ވަނީ މޮސްކޯއާއެކު އިތުރު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެ، ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް އޭނާގެ ވަފުދުން ކޮންމެ ދުވަހަކު ވެސް ރަޝިއާގެ ޕާޓްނަރުންނާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.

ރަޝިޔާގެ މަންދޫބު ލިއޮނިޑް ސްލަޓްސްކީ އާ ހަވާލާދީ އާދީއްތަ ދުވަހު އާރްއައިއޭ ނިއުސް އޭޖެންސީބުނެފައިވަނީ، ދެ ވަފުދުގެ ފަރާތުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށާއި، މި ބައްދަލުވުންތައް ވަރަށް އަވަހަށް ޑްރާފްޓް އެއްބަސްވުންތަކަކަށް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ޓެގް

ޒެލެންސްކީ ޔުކްރެއިން ރަޝިއާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.