ޚަބަރު ކުރެންދޫއިން ރައީސް ނަޝީދަށް ހޫނު މަރުހަބާއެއް ކިޔައިފި

ކުރެންދޫއިން ރައީސް ނަޝީދަށް ހޫނު މަރުހަބާއެއް ކިޔައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


ޅ.ކުރެންދޫގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްޞަ ޖަލްސާއަށް އެމްޑީޕީގެ ރައީސް، އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަޑައިގަތުމުން އެރަށުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ރައީސް ނަޝީދު ކުރެންދޫއަށް ވަޑައިގެންނެވީ، އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކުރެންދޫ ދާއިރާގެ ކައުންސިލް ރައީސް އިންތިޚާބުގައި، ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓަށް ކެމްޕެއިން ކުރެއްވުމަށެވެ. ރައީސް ނަޝީދާއިއެކު އެމްޑީޕީގެ އިސްބޭފުޅުން މިއަދު ހަވީރު ކުރެންދޫއަށް ވަޑައިގަތުމުން އެރަށުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ޅ.ކުރެންދޫ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް އިންތިޚާބެއް ބާއްވަނީ ކައުންސިލްގެ ރަައީސްގެ މަގާމުގައި ހުންނެވި އިބްރާހިމް ޝިމާއު މިދިޔަ މަހު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އޭނާއަކީވެސް އެމްޑީޕީއަށް ނިސްބަތްވާ މީހެކެވެ.

ޅ.ކޔރެންދޫ ކައުންސިލް ރައީސްކަމުގެ މަޤާމަށް ވެރިކަން ކުރާ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވަނީ ޢަލީ ނަސީމެވެ. ކުރެންދޫގައި މިރޭ ރައީސް ނަޝީދު ބައިވެރިވެ ވަޑައިގެން ބާއްވާ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއިންތިޚާބުގައި ވާދަވެރި ޕީޕީއެމުންވެސް ވާދަކުރެއެވެ.

ޓެގް

ރައީސް ނަޝީދު އެމްޑީޕީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.