ޚަބަރު ރައީސް ޔަމީން ކުރެންދޫ އަށް ވަޑައިގަންނަވަނީ

ރައީސް ޔަމީން ކުރެންދޫ އަށް ވަޑައިގަންނަވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޔާމީން މިއަދު ޅ.ކުރެންދޫއަށް ވަޑައިގަންނަވާނެކަމަށް ޕީޕީއެމުން ބުނެފިއެވެ.

ރައީސް ޔާމީން ކުރެންދޫއަށް ވަޑައިގަންނަވަނީ، އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކުރެންދޫ ކައުންސިލް ރައީސް އިންތިޚާބުގައި ވާދަކުރާ ޕީޕީއެމްގެ ކެނޑިޑޭޓަށް ތާއީދު ހޯދުމަށެވެ. ޕީޕީއެމްގެ ފަރާތުން މިއިންތިޚާބުގައި ވާދަކުރަނީ އިސްމާއިލް މަދީހުއެވެ. އޭނާއަކީ މީގެ ކުރިންވެސް ކުރެންދޫ ކައުންސިލް ރައީސްކަމުގެ މަޤާމު ފުރުއްވި ބޭފުޅެކެވެ.

ރައީސް ޔާމީން ކުރެންދޫއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިއަދު 14:00 ހާއިރުއެވެ. އަދި އެއަށްފަހު މިއަދު ހަވީރު ނައިފަރުގައި ބާއްވާ “އިންޑިއާ އައުޓް” ހަރަކާތުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ޔާމީން ނައިފަރަށް ވަޑައިގަންނަވާނެއެވެ.

ޅ.ކުރެންދޫ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް އިންތިޚާބެއް ބާއްވަނީ ކައުންސިލްގެ ރަައީސްގެ މަގާމުގައި ހުންނެވި އިބްރާހިމް ޝިމާއު މިދިޔަ މަހު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އޭނާއަކީވެސް އެމްޑީޕީއަށް ނިސްބަތްވާ މީހެކެވެ.

މިހާތަނަށް ބޭއްވުނު އިންތިޚާބުތަކުގެ ނަތީޖާއަށް ބަލާއިރު، އެމްޑީޕީން ދެ ފަހަރު އަދި ޕީޕީއެމުން ދެ ފަހަރު ކުރެންދޫ ކައުންސިލްގެ މެޖޯރިޓީ ނަގާފައިވެއެވެ. މިދިޔަ އަހަރު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކުރެންދޫ ކައުންސިލްގެ ފަސް ގޮނޑި ވެސް ކާމިޔާބު ކުރެއްވީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީންނެވެ.

ޓެގް

ކުރެންދޫ ރައީސްޔާމީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.