ބޭރުދުނިޔެ ހަނގުރާމައިގައި މަރުވާ ރަޝިއާގެ ސިފައިން ދެނެގަތުމަށް ޔޫކްރެއިންއިން ފޭޝަލް ރިކޮގްނިޝަން ބޭނުން ކުރޭ: ވައިސް ޕްރައިމް މިނިސްޓަރު

ހަނގުރާމައިގައި މަރުވާ ރަޝިއާގެ ސިފައިން ދެނެގަތުމަށް ޔޫކްރެއިންއިން ފޭޝަލް ރިކޮގްނިޝަން ބޭނުން ކުރޭ: ވައިސް ޕްރައިމް މިނިސްޓަރު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ހަނގުރާމައިގައި މަރުވާ ރަޝިއާގެ ސިފައިން ދެނެގަތުމަށް ޔޫކްރެއިންއިން ފޭޝަލް ރިކޮގްނިޝަން ބޭނުން ކުރަމުންދާ ކަމަށް ޔޫކްރެއިންގެ ދިފާއީ މިނިސްޓަރު ވިދާޅުވެއްޖެއެވެ.

ރޮއިޓާސް އިން ހަމައެކަނި ރިޕޯޓުކޮށްފައިވާ ގޮތުގައި ޔޫކްރެއިންގެ ދިފާއީ ވުޒާރާއިން މި މަހު ޓެކްނޮލޮޖީ ބޭނުން ކުރަން ފަށާފައިވަނީ އަޕްލޯޑް ކޮށްފައިވާ ފޮޓޯތަކުން މޫނުފެންނަ ގޮތަށް ވެބްގައި ހުންނަ ފޮޓޯތައް ހޯދާ ނިއުޔޯކްގެ ފޭޝަލް ރިކޮގްނިޝަން ޕްރޮވައިޑަރެއް ކަމަށްވާ ކްލިއަރވިއު އޭއައި އިންނެވެ. އެ ޓެކްނޮލޮޖީ ބޭނުންކުރާނެ ގޮތެއް އޭރު ސާފުވެފައެއް ނުވެ އެވެ.

ޑިޖިޓަލް ޓްރާންސްފޮމޭޝަން މިނިސްޓްރީ ވެސް ހިންގާ ޔޫކްރެއިންގެ ވައިސް ޕްރައިމް މިނިސްޓަރު މައިޚައިލޯ ފެޑޯރޯވް ރޮއިޓާސް އަށް ވިދާޅުވި ގޮތުގައި ޔޫކްރެއިން އިން ދިޔައީ މަރުވެފައިވާ ރަޝިއާ ގެ ސިފައިންގެ ސޯޝަލް މީޑިއާ އެކައުންޓްތައް ހޯދުމަށް ކްލިއަރވިއު އޭއައި ސޮފްޓްވެއާ ބޭނުން ކުރަމުންނެވެ.

އެތަނުން ކަމާބެހޭ ފަރާތްތަކުން ގާތްތިމާގެ މީހުންނަށް މެސެޖްކުރަމުން ދަނީ ހަށިގަނޑު ނެގުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ކަމަށްވެސް ވިދާޅުވި އެވެ.

“އެ ސިފައިންގެ އާއިލާތަކަށް އިހުތިރާމް ކުރުމުގެ ގޮތުން، އެމީހުންގެ ދަރިން ގެއްލިފައިވާކަން އަންގައިދީ، ދެން އެމީހުންގެ ހަށިތައް އެއްކުރުމަށް އައުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، ސޯޝަލް މީޑިއާގައި މި މައުލޫމާތު ތައް ފަތުރަމުން މިދަނީ،” ތަރުޖަމާނަކު މެދުވެރިކޮށް ވާހަކަ ދައްކަމުން ފެޑޯރޯވް ބުންޏެވެ.

ފޭޝަލް ރިކޮގްނިޝަން ގެ ޒަރިއްޔާއިން ދެނެގަނެވޭ ހަށިގަނޑުތަކުގެ އަދަދު ބަޔާން ކުރުމަށް ފެޑޯރޯވް ދެކޮޅު ހެއްދެވި ނަމަވެސް، އޭނާ ވިދާޅުވީ އާއިލާތަކުން ދަޢުވާކުރާ ގޮތުގައި ފާހަގަކުރެވޭ މީހުންގެ ނިސްބަތް “މަތި” ކަމަށެވެ. ނަމަވެސް ރޮއިޓާސް އަށް އެކަން މިނިވަން ކަމާއެކު ކަށަވަރު ކޮށްދެވޭ ގޮތެއް ނުވި އެވެ.

މަދަނީ ހައްގުތަކަށް ވަކާލާތު ކުރާ ޖަމާއަތްތައް ވެސް ހިމެނޭ ގޮތަށް ފޭޝަލް ރިކޮގްނިޝަންއާ ދެކޮޅު ފަރާތްތަކުން ވަނީ ޔޫކްރެއިންއިން ކްލިއަރވިއު އެޑޮޕްޓްކުރުމުން އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށް، މިސްއައިޑެންޓިފިކޭޝަން ގެ ފުރުސަތު އޮތް ކަމަށް ބުނެ، ޔޫކްރެއިންއިން ކްލިއަރވިއު އެޑޮޕްޓްކޮށްފައިވާ ކަމަށް ބުނެ، ތުހުމަތު ގެ އިނގިލި ދިއްކޮށްފައެވެ.

ޔޫކްރެއިންގެ ހަނގުރާމައިގައި މަރުވާ ސިފައިންނާއި، ޢާއްމުންނާއި، އަދި ކުޑަކުދިންގެ އަދަދު ރަސްމީ އެއްވެސް އިދާރާއަކަށް ކަށަވަރު ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ކްލިއަރވިއު އިން ދަނީ އިލިނޮއިސް ބަޔޯމެޓްރިކް އިންފޮމޭޝަން ޕްރައިވެސީ އެކްޓްގެ ދަށުން ކޮންސިއުމަރސް އިން ޗިކާގޯގައި ހުންނަ އެމެރިކާގެ ފެޑެރަލް ކޯޓެއްގައި ކުރި ދަޢުވާއަކާ ހަނގުރާމަ ކުރަމުންނެވެ. މިހާރު ކުރިއަށްދާ މައްސަލައަކީ އެ ކުންފުނިން އިންޓަނެޓުން ފެންނަ ފޮޓޯތައް އެއްކުރުމަކީ ޕްރައިވެސީ ގާނޫނާ ހިލާފު ކަމެއްތޯ ނުވަތަ ނޫންތޯ އާ މެދު ކަންބޮޑުވާ މައްސަލައެކެވެ.

ކްލިއަރވިއު އިން ބުނަނީ އޭނާގެ އަމަލުތައް ހުރީ ގާނޫނީ ގޮތުން ކަމަށެވެ. އޭގައި ބުނަނީ އެ އިދާރާގެ ފޭސް މެޗުތަކެއް ނޫނީ ތަހުގީގުތަކުގެ ފެށުމަކަށް ވާން ޖެހޭނެ ކަމަށެވެ.

ފެޑޯރޯވް ވިދާޅުވީ ޔޫކްރެއިން އިން އެ ޓެކްނޮލޮޖީގެ ބޭނުން ނުހިފައި ހަނގުރާމައިގައި މަރުވާ އަމިއްލަ ސިފައިން ދެނެގަތުމަށް މަސައްކަތް ކުރަމުން ނުދާ ކަމަށެވެ. ނަމަވެސް އެއީ ކީއްވެގެން ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

ޓެގް

ޔޫކްރެއިންހަނގުރާމަ ރަޝިއާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.