ސަރަހައްދީ ސަމިޓަށް ޔޫއޭއީ، ބަހްރެއިން، މިސްރު އަދި މޮރޮކޯގެ ޚާރުޖީ ވަޒީރުން އިސްރާއީލަށް ވަޑައިގެންފިއެވެ.
ޔޫއޭއީގެ ޚާރިޖީ ވަޒީރު ޝައިޚް ޢަބްދުالله ބިން ޒައިދު އަލް ނަޙްޔާންއާއި، ބަހްރައިންގެ ޚާރިޖީ ވަޒީރު ޢަބްދުاللهތިފް އަލް-ޒަޔާނީއާއި، މިޞްރުގެ ޚާރިޖީ ވަޒީރު ސަމާހް ޝައުކްރީއާއި، މޮރޮކޯގެ ޚާރިޖީ ވަޒީރު ނާސިރު ބޮރިތާ އާދީއްތަ ދުވަހު އިސްރާއީލަށް ވަޑައިގެންނެވީ، އީރާނާއެކު ވެފައިވާ ނިއުކްލިޔަރ އެއްބަސްވުން އަލުން ދިރުވުމުގެ މަޝްވަރާތައް ފެށުމަށްކަމަށް އިސްރާއީލުގެ ފޮރިން މިނިސްޓްރީގެ ރަސްމީ ޓްވިޓަރ އެކައުންޓުން ރިޕޯޓްކޮށްފައި ވެއެވެ.
ނޫސް ރިޕޯޓްތައް ބުނާގޮތުގައި އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެންއާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ބަހްރެއިން، މޮރޮކޯ އަދި މިސްރުގެ ޚާރިޖީ ވަޒީރުން އާދީއްތަ އަދި ހޯމަ ދުވަހު އިސްރާއީލުގައި ޑިޕްލޮމެޓިކް ބައްދަލުވުންތައް ބާއްވަވާނެއެވެ.
ޔޫއޭއީ އާއި ބަހްރެއިން އިން އިޒްރޭލާއެކު 2020 ވަނަ އަހަރު އާދައިގެ ގޮތަކަށް ގުޅުން ތައް ގާއިމްކުރީ އަބްރަހަމް އެކޯޑްސް ނަމަކަށް ކިޔާ އެމެރިކާ އިން ހެދި އެއްބަސްވުމެއްގެ ދަށުންނެވެ. މިދިޔަ އަހަރު ވެސް މޮރޮކޯއިން އަމަލުކުރީ އެ ގޮތަށެވެ.
މިސްރާއި އިޒްރޭލާއި ޔޫއޭއީގެ ވެރިން އަންގާރަ ދުވަހު ރަތް ކަނޑުގެ ރިޒޯޓެއް ކަމަށްވާ ޝަރްމް އެލް ޝެއިޚްގައި ބައްދަލުކުރައްވާފައިވަނީ ރަޝިޔާއިން ޔޫކްރެއިން އާއި އީރާނުގެ ނުފޫޒު ގެ މައްޗަށް އަތްގަދަކުރުމުގެ ސަބަބުން އިޤްތިޞާދަށް ކުރާނެ އަސަރުތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ކަމަށް މި ސަރަހައްދުގެ ސަލާމަތީ ކަންކަމާ މެދު ވޮޝިންޓަންއިން ވަޢުދުވެފައިވާ މިންވަރު ގެ ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
އިސްރާއީލާއި މިސްރުން ސުލްހައިގެ މުއާހަދާއެއްގައި ސޮއިކޮށްފައިވަނީ 1979 ވަނަ އަހަރުއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...