ޚަބަރު “ނޭވާ ހޮޅިއަށް” މުޒާހަރާއާއި ގުޅިގެންމެމްބަރު ޣައްސާނާއި، ސައީދު މިރޭ ޕޮލިހަށް ހާޒިރުކުރަނީ

“ނޭވާ ހޮޅިއަށް” މުޒާހަރާއާއި ގުޅިގެންމެމްބަރު ޣައްސާނާއި، ސައީދު މިރޭ ޕޮލިހަށް ހާޒިރުކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


އިދިކޮޅު ކޯލިޝަނުން މިދިޔަ މަހުގެ 25 ވަނަ ދުވަހު މާލޭގައި ކުރި މުޒާހަރާއި ގުޅިގެން ޕީޕީއެމްގެ ނައިބް ރައީސް މުހައްމަދު ޣައްސާން މައުމޫނާއި، ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު މިރޭ ފުލުހަށް ހާޒިރު ވުމަށް އަންގައިފިއެވެ.

ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ، މިދިޔަ މަހުގެ 25 ވަނަ ދުވަހު މާލޭގައި އިދިކޮޅު ކޯލިޝަނުން ބޭއްވި “ނޭވާ ހޮޅިއަށް” މުޒާހަރާއާއި ގުޅިގެން މެމްބަރު ޣައްސާނާއި، ސައީދު މިރޭ ޕޮލިހަށް ހާޒިރު ވުމަށް ޗިޓު ފޮނުވާފައިވާކަމަށެވެ. މި ދެމެމްބަރުން ހާޒިރުވުމަށް އަންގާފައިވަނީ މިރޭ 22:30 އަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މިމުޒާހަރާގެ ތެރެއިން 17 މީހަކު ހައްޔަރުކޮށް، ދޫނިދޫ ޖަލުގައި ބަންދުކޮށްފައިވެއެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ބަންދަށް ވަނީ 7 ދުވަސް އަދި އެއްބައި މީހުންނާއި، 3، ދުވަސް އަދި 2 ދުވަސްވެސް ޖަހާފައެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި އިދިކޮޅު މަޖިލިސް ދެ މެމްބަރަކުވެސް ހިމެނެއެވެ.

އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއާއި 32 ވަނަ މާއްދާއިން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ޙައްޤުތަކަށްވާއިރު އެ ޙައްޤުތައް ހަނިކޮށް، ނިގުޅައިގަނެފައިވާކަމަށް އިދިކޮޅު ކޯލިޝަނުން ދަނީ ބުނަމުންނެވެ. އަދި މިއަދު ރައްޔިތުން ޤައުމުގެ ހައްގުގައި ކުރާ މުޒާހަރާތަކާއި، ބާއްވާ އެއްވުންތަކަކީ މިސަރުކާރުން ނުހަނު ބިރު ގަންނަ ހަރަކާތްތަކެއްކަމަށްވެސް އިދިކޮޅު ވަނީ ބުނެފައެވެ.

ޓެގް

ނޭވާހޮޅިއަށް ޕީޕީއެމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.