ޚަބަރު ކުޑަކުއްޖެއްގެ ގައިގައި އެ ކުއްޖާގެ ބައްޕަ އަލިފާން ޖައްސައި، އަނިޔާ ކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ

ކުޑަކުއްޖެއްގެ ގައިގައި އެ ކުއްޖާގެ ބައްޕަ އަލިފާން ޖައްސައި، އަނިޔާ ކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އއ. އަތޮޅުގެ ރަށެއްގައި ކުޑަކުއްޖެއްގެ ގައިގައި އެ ކުއްޖާގެ ބައްޕަ އަލިފާން ޖައްސައި، އަނިޔާ ކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު 12 އަހަރުގެ ފިރިހެން ކުއްޖަކަށް އަނިޔާކުރި ކަމުގެ މައްސަލައެއް މިދިޔަ އަންގާރަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށާއި އެ ކުއްޖާ މިހާރު ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި އެ ކުއްޖާގެ ބައްޕަ ވަނީ ގައިގައި އަލިފާން ޖައްސައި އަނިޔާކޮށްފަ އެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ އެ ކުއްޖާގެ މަންމަ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެ އެވެ.

އެ މައްސަލަ އާ ގުޅިގެން އަދި އެ ކުއްޖާގެ ބައްޕަ ހައްޔަރެއް ނުކުރެ އެވެ.

ޓެގް

ގެވެށިއަނިޔާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.