ޓެކްނޮލޮޖީ އެޕަލް ވޮޗުން ވީޑިއޯ ކޯލް ކުރެވޭ ގޮތް ހަދައިފި

އެޕަލް ވޮޗުން ވީޑިއޯ ކޯލް ކުރެވޭ ގޮތް ހަދައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރިސްޓްކެމް އަކީ ވީޑިއޯ ކޯލް ކުރުމަށް އެޕަލް ވޮޗަށް ޚާއްޞަކޮށްގެން ނެރެފައިވާ ރިސްޓް ވޮޗް ކަމަރެކެވެ. އޭގައި ޚާއްޞަ ކެމެރާއެއް ހުރުމާއި އެކު އެޕަލްވޮޗު އިތުރަށް ތަރައްޤީކޮށް ފުރިހަމަކްށްދެއެވެ.   

ރިސްޓްކެމް  ބޭނުންކޮށްގެން ވީޑިއޯ ކޯލް ކުރެވުނަސް ދެރަތަންކޮޅަކީ ފޭސްޓައިމް ނުކުރެވޭތީއެވެ.

ރިސްޓްކެމް މެދުވެރިކޮށް ވީޑިއޯ ކޯލެއް ކުރުމަށް ބޭނުންވާނަމަ ދެ ފަރާތުން ވެސް އެކަމަށް ޚާއްޞަ އެޕެއް ސްމާޓް ވޮޗަށް  އިންސްޓޯލް ކުރަން ޖެހޭނެ އެވެ.

އޭގެ ފަހުގައި އާ ފީޗާއަށް އެކްސެސް ހޯދުމުގެ ގޮތުން، “އާލީ އެކްސެސް” އަށް އެދި ހުށަހެޅުމަށް ޓަކައި، އެންމެ ފުރަތަމަ ވެސް ޔޫޒަރުންނަށް ޖެހޭނީ “ރިސްޓްކެމް” ވެބްސައިޓަށް ދާށެވެ.  ނަމާއި އީމެއިލް އެޑްރެސް ފުރުމަށް ބޭނުންވާނެއެވެ. އިތުރު މާގިނަކަންތަކެއް ކުރާކަށް ނުޖެހޭނެއެވެ.

މިއީ މިކަމަށް އޮތް އެންމެ ފަސޭހަ ގޮތް ނޫން ނަމަވެސް، އަދި އޮތީ އެގޮތަށެވެ. އެ ކުންފުނީގެ އަބައުޓް ޕޭޖުގައި ބުނެފައި ވަނީ ތަފާތު ޑިވެލޮޕަރުންނާ ގުޅިގެން ރަނގަޅު ސަޕޯޓާއި ކޮމްޕެޓިބިލިޓީ އިތުރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން އަޅުގަނޑުމެންނަށް އުންމީދުކުރެވީ ކައިރި މުސްތަޤުބަލެއްގައި މި ޚިދުމަތް މިއަށްވުރެ މާ ފަހިވެގެން ދާނެކަމަށެވެ.

“ދަ ރިސްޓްކެމް” އަކީ މިދިޔަ އަހަރު ލޯންޗުކުރި އެޕަލް ވޮޗަށް ޚާއްޞަ ބޭންޑަކަށްވާއިރު، އޭގެ ސަބަބުން އެޕަލް ވޮޗް ބޭނުންކުރާ މީހުންނަށް ފޮޓޯ އާއި ވީޑިއޯ ނެގުމުގެ ގާބިލްކަން ލިބުނެވެ. މިއީ އެޕަލްގެ ކުރީގެ އިންޖިނޭރެއެއްގެ އުފެއްދުމެކެވެ.

އެ ކުންފުނީގެ މިޝަން ސްޓޭޓްމަންޓަކީ “ކެމެރާ އިން ހަކަތަ އުފައްދާ ސޮފްޓްވެއާތަކުގެ ތަޖުރިބާތައް ކުރިއަށް ވުރެ އަވަހަށް އަދި މިހާރަށް ވުރެ ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް ފޯކަސް ކުރާ” ބަޔާނެކެވެ. ވަށައިގެން ވާ މާހައުލުގެ ފޮޓޯ އާއި 1080p ވީޑިއޯ ނެގުމާއި ސެލްފީ ނެގުމަށް 2އެމްޕީގެ ބޭނުން ކުރުމަށް 8އެމްޕީ ޕްރައިމަރީ ކެމެރާއެއް ރިސްޓްކެމްގައި ހުރެއެވެ.

އެޕް މެދުވެރިކޮށް ކެމެރާ އެކްޓިވޭޓް ކޮށްލެވިދާނެއެވެ. ނުވަތަ ޑިވައިސްގެ ފިޒިކަލް ބަޓަން ޕްރެސް ކޮށްލެވިދާނެއެވެ. މި އެޕްގައި އެއްފަހަރު ޕްރެސް ކޮށްލުމުން ފޮޓޯ ނަގާނެއެވެ. އަދި ލޯންގް ޕްރެސްއެއްކޮށްލުމުން ވީޑިއޯ ނަގަން ފަށާނެއެވެ. އޮންބޯޑް ސްޓޯރޭޖްގައި 8 ޖީބީ ގެ ވީޑިއޯ ނުވަތަ އެތައް ހާސް ފޮޓޯއެއް ސްޓޯރ ކޮށްފައި ބެހެއްޓޭނެ އެވެ.

ރިސްޓްކެމް އަށް ޕަވަރ ބޭނުންވާ އިރު އޭގައި ހިމެނޭ މެގްނެޓިކް ޗާޖިން ކޭބަލް އިން ޗާޖު ކުރެވޭނެ އެވެ. ފުލް ޗާޖަކީ މުޅި ދުވަހު ނުވަތަ ގާތްގަޑަކަށް 24 ގަޑިއިރު ހިފަހައްޓާނެ ޗާކެޖެކެވެ.

މި ޕްރޮޑަކްޓް ތިން ކުލައަކުން ލިބޭއިރު މި ޕްރޮޑަކްޓް ހަ ސައިޒެއްގައި ލިބެން ހުރެއެވެ.  އެއީ 38މިލިމީޓަރާއި 45މިލިމީޓަރާއި ދެމެދުގެ ސައިޒެއްގެ ޕްރޮޑަކްޓެކެވެ. އޭގެ އަގު 299 ޑޮލަރުން ފެށިގެން ހުރިއިރު، އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ގަނެވޭނެ އެވެ.

ޓެގް

ރިސްޓްވޮޗް އެޕަލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.