ޚަބަރު ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ އަދިވެސް ނުފެނޭ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް

ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ އަދިވެސް ނުފެނޭ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފުވައްމުލަކު ނެރު ކައިރިއަށް ޑައިވިން އަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ އަދިވެސް ނުފެންނަކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އޭނާއާ އެކު ޑައިވިން އަށް ފޭބި ދެވަނަ މީހާފެނިފައިވީނަމަވެސް އޭނާގެ ހާލު އަދިވެސް ވަރަށް ގޯސް ކަމަށް މަޢުލޫމާތު ލިބެއެވެ.

ގެއްލިގެން ހޯދަނީ ފުވައްމުލަކުގެ ޑައިވިން އިންސްޓްރަކްޓަރެއް ކަމަށްވާ މުހައްމަދު ސައީދެވެ. އުމުރުން 35 އަހަރުގެ ސައީދަކީ ފުވައްމުލަކުގައި އަމިއްލަ ޑައިވިން ސެންޓަރެއް ހިންގާ މީހެކެވެ.

އޭނާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ކޯސްޓްގާޑުން ނާއި އެކު އެ ރަށުގެ އެހެން ޑައިވަރުން ވެސް ބައިވެރިވެ އެވެ.

ފުވައްމުލަކުން ވާހަކަ ދެއްކި މީހަކު ބުނީ ހާލު ދެރަވި މީހާ އަށް އިތުރު ފަރުވާދިނުމަށް ދ. އަތޮޅުގައި އޮންނަ ކަންޑިންމަ މޯލްޑިވްސް ރިސޯޓަށް ގެންގޮސްފައިވާ ކަމަށެވެ. ގެނބިގެން ފަރުވާ ބޭނުންވާ މީހުންނަށް ހާއްސަ އޮކްސިޖަން ތެރަޕީ ދޭ ޗެމްބަރެއް އެ ރިސޯޓްގައި ހުރެ އެވެ.

ފުވައްމުލަކުން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި އެ ދެ މީހުން ޑައިވިން އަށް ފޭބީ އެއްކޮށެވެ. ހާލު ދެރަވި ޒުވާނާ މައްޗަށް އެރިޔަސް، ސައީދުގެ ޚަބަރެއް އޭގެ ފަހުން ނުވެ އެވެ. އަދި ހާލު ދެރަވި މީހާ ވެސް ހޭނެތުނީ ކަމަށް ބުންޏެވެ.

ސައީދު އެންމެ ފަހުން ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިން ސޫޓެކެވެ. އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް އޭނާގެ ޚަބަރެއް ވޭތޯ ބަލައިދޭން އެމްއެންޑީއެފުން ވަނީ އެދިފަ އެވެ.

ޓެގް

މީހަކުގެއްލުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.