މުނިފޫހި ބޮލީވުޑްގެ މަޝްހޫރު ތަރިން އާލިއާ ބަޓްއާއި އެކީގައި

ބޮލީވުޑްގެ މަޝްހޫރު ތަރިން އާލިއާ ބަޓްއާއި އެކީގައި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހިންދީ ފިލްމް ގަންގުބާއީ ކަތިއާވާދީއިން ފެނިގެންދިޔަ އާލިއާ ބަޓް އަކީ މިހާރު ބޮލީވުޑްގައި އެންމެ ކާމިޔާބު އެއް އެކްޓްރެސް އެވެ. މީގެ ކުރިން އާލިއާ ބަޓް ވަނީ “ގަރް މޯރ ޕަރްދޭސިޔާ” ގައި އޭނާ ދެއްކި އެކްޓިންއާއެކު އޭނާގެ ފޭނުންނަށް ވަރަށް ބޮޑަށް މާޔޫސްކަން ގެނުވި ލަވައެއް ނެރެފައެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް އަދި ވިކީ ކައުޝަލް ވެސް އާލިއާ ބަޓްގެ ލަވައަށް ތަޢުރީފް ކުރާ މަންޒަރު ވަނީ ފެނިފަ އެވެ. އޭގެ ވީޑިއޯ ވެސް ސޯޝަލް މީޑިއާގައި ވައިރަލް ވި އެވެ. މި ކުރު ކްލިޕްގައި ދީޕިކާ އާއި ރަންވީރު އަދި ވިކީ ފެނިގެން ގޮސްފައިވަނީ އާލިއާ ބަޓްގެ ސްޓެޕްތައް ކޮޕީކުރާ ތަނެވެ. އެގޮތުން އާލިއާ ބަޓް ގެ ފަހަތުގައި ތިބޭތަން ފެނެއެވެ.
އެ ވީޑިއޯއަށް ގިނަ ބަޔަކު ރިއެކްޓް ކޮށްފައިވާއިރު، އޭގެ ތެރެއިން ގިނަމީހުންވަނީ ޕޮޒިޓިވް ކޮމެންޓްތައް ކޮށް ތަޢުރީފްކޮށްފައެވެ.

އާލިއާ ބަޓް ވަނީ ފިލްމު ކަލަންކްގެ “ގަރް މޯރ ޕަރްދޭސިޔާ” ގައި އޭނާގެ ރީތި ޕާފޯމަންސް އާއެކު އެންމެންގެ މައްޗަށް ވަރަށް އަސަރުގަދަ ހަރަކާތްތަކެއް ދޫކޮށްލައިފަ އެވެ. ތަޖުރިބާކާރު މަދޫރީ ޑިކްސިޓްގެ ސްޓެޕްތަކާ އެއްގޮތް ވާގޮތަށް އެކްޓަރު ވަނީ މި ލަވައަށް ވަރަށް ފޯރިއާއެކު ޕްރެކްޓިސްކޮށްފަ އެވެ.
އާލިއާ ވަނީ މި ލަވަ ރިލީޒް ކުރުމުގެ ކުރިން އޭނާގެ އިންސްޓަގްރާމް ޕޭޖުގައި އެ ލަވައާ މެދު އޭނާގެ ހިތްހަމަނުޖެހުން އޮތްވަރު ހިއްސާކޮށްފަ އެވެ. އެލަވަ ކުޅުނު ފަހުން ހަމަ ނިދި ނުލިބޭވާހަކަވެސް އޭނާ ލިޔެފައިވެއެވެ.

https://www.instagram.com/p/CXeObd6gb1j/

ޓެގް

އާލިޔާބަޓް ބޮލީވުޑް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.